އޮންލައިން ވިޔަފާރިތައް ރަޖިސްޓަރކުރަން 30ދުވަހުގެ މުހުލަތެއް!
ދިވެހިރާއްޖޭގައި އޮންލައިންކޮށް ހިންގާ ވިޔަފާރިތައް ރަޖިސްޓަރކުރުމަށް 30 ދުވަހުގެ މުހުލަތެއް ލިބޭގޮތަށް ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
މިއަދު ތަސްދީގު ކުރެވުނު އިސްލާހުގައިވާ ގޮތުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން ކުރާ ވިޔަފާރި ވެސް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މި ބިލަށް އަމަލުކުރަން ޖެހެނީ މިއަދުން ފެށިގެން 30ދުވަހަށް ފަހުގައެވެ.
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ގެނަސްފައިވާ މި އިޞްލާޙާއެކު އެކި ގޮތްގޮތަށް ހިންގޭ ވިޔަފާރީގެ ތަފާތު މުޢާމަލާތްތައް ބެލެހެއްޓި، ރާއްޖޭގައި ބޭރުގެ ވިޔަފާރިތައް ހިންގުމަށް ރަޖިސްޓްރީ ކުރާނެ އުސޫލުތައް އެކަށައެޅިގެންދާނެއެވެ.
އަދި ވިޔަފާރީގެ ހަރަކާތްތަކާއި ތަންތަން ދަފްތަރުކުރުމުގައި ޢަމަލުކުރަންޖެހޭގޮތް ވެސް މި ޤާނޫނުން ކަނޑައެޅިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް