އަންހެން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެމެރިކާ ހޯދައިފި
ފްރާސްގައި ކުރިއަށް ދާ އަންހެން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެމެރިކާ އިން ދެވަނަ ފަހަރަށް ކާމިޔާބުކޮށް ތަށި ދިފާއުކޮށްފި އެވެ.
ފައިނަލުގައި އެމެރިކާވަނީ ނެދަލެންޑްސްގެ މައްޗައް 2-0 ކުރިހޯދާފައެވެ. މިއީ އެމެރިކާ އިން އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.
މިރޭގެ މެޗުން މޮޅުވެ ޗެމްޕިއަންކަން ހޯދިއިރު 2015 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އެމެރިކާއިން ހޯދީ ފައިނަލުގައި ޖަޕާން ބަލިކޮށްގެންނެވެ.
އެމެރިކާއިން އަންހެން ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް 1991 ވަނަ ހޯދިއިރު އޭގެފަހުން މި މުބާރާތް ކާމިޔާބުކުރީ 1999، 2015 އަދި މި އަހަރު އެވެ. އެޓީމާ އެންމެ ގާތުން ވާދަކުރާ ޖަރުމަނަށް އަންހެން ވޯލްޑް ކަޕް ލިބިފައިވަނީ ދެ ފަހަރު އެވެ. އެމެރިކާ އާއި ޖަރުމަނުގެ އިތުރުން އަންހެން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނޯވޭ އާއި ޖަޕާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް