ގައުމީ އަރުޝީފުގެ ވެރިޔަކަށް ފަރެސް އާމިރު އައްޔަންކޮށްފި
ގައުމީ އަރުޝީފު ނުވަތަ ނޭޝަނަލް އާކައިވްސްެގެ ޑިރެކްޓަރުގެ މަގާމަށް މަޝްހޫރު ލިޔުންތެރިޔާ އަދި ޅެންވެރިޔާ މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) އައްޔަންކޮށްފިއެވެ.
މި މަގާމަށް އާމިރު އައްޔަންކޮށްފައިވަނީ މިއަދެވެ. މިހާތަނަށް އޭނާ އަދާކުރައްވަމުން ގެންދެވި މަގާމަކީ ސަން އޮންލައިން ހިންގަމުންގެންދާ ސަން މީޑިޔާ ގްރޫޕްގެ އެޗްއާރު އަދި އެޑްމިން ޑިރެކްޓަރކަމުގެ މަގާމެވެ.
އާމިރަކީ ދިވެހިބަހުން ޑިގްރީއެއް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އާމިރަކީ މީޑިޔާއާއި ލިޔުންތެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވާންދެން ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.
އަދި އެބޭފުޅާވަނީ ސްކޫލްކުދިންގެ ދިވެހި ޓެކްސްޓް ފޮތްތަކެއްވެސް ލިޔުއްވާފައެވެ.
ގައުމީ އަރުޝީފުގެ ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ޝާތިރެވެ. ޝާތިރު މިވަގުތު ހުންނެވީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރގެ މަގާމުގައެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް