ޗައިނާގެ އެހީގައި ހުޅުމާލޭގައި ލޮލުގެ ބަލިތަަކަށް ފަރުވާދޭ ސެންޓަރެއް ހުޅުވަނީ
އަންނަ މަހުގެ ތެރޭގައި ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކަށް ސެންޓަރެއް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު މި ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކޭމްޕަކާއި އެކުގައެވެ. މި ކޭމްޕްގައި ފަރުވާދެއްވާނީ ޗައިނާާގެ ޚާއްސަ މެޑިކަލް ޓީމަކުންނެވެ.
މި ކޭމްޕުގައި ފަރުވާ ދޭ ބަލިތަކުގެ ތެރޭގައި ލޮލުގެ ފުސްކެހުން، ގްލަކޯމާ، ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް، ލޮލުގެ ކޮއެގެ ތަފާތު ބަލިތައް އަދި ނަންބަރު އައިނު ނަގައިދިނުން ހިމެނެެއެވެ.
މި ކޭމްޕްގައި ފަރުވާ ހޯދުމަށް އެދޭ ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ސްކްރީނިންގ ކުރުމަށްފަހު ކޭމްޕްއިން ޖާގަދެވޭނެއެވެ.
މި ސްކްރީނިންގގައި ބައިވެރިވާން އެދޭ ފަރާތްތަކުން ހުޅުމާލެ ހޮސްޕިޓަލްގެ ނަންބަރު 1417 އަށް ގުޅާ އެޕޮއިންޓްމެންޓް ހެއްދޭނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް