ރިސޯޓަކަށް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
އއ.ހަލަވެލީގައި ހިންގާ ކޮންސްޓެންސް ހަަލަވެލި ރިސޯޓްގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެއެވެ.
ގެނބިފައިވަނީ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އައިސް އުޅުނު ކޮރެއާގެ އުމުރުން 34 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.
ފުލުހުން ބުނީ އޭނާ ގެނބިގެން އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަން މިއަދު މެންދުރު 3:00 ހާއިރު ފުލުހުންނަށް އެންގިކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ އެމައްސަލަ އިތުރަށް ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް