މާވެޔޮ މިސްކިތުގައި ބިއްލޫރި ޝީޓެއް ވެއްޓިއްޖެ
މާވެޔޮ މިސްކިތް ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީންގެ ގަޔަށް ބިއްލޫރި ޝީޓެއް ވެއްޓިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި އެފަރާތަށް މި ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު ދިހައެއް ޖަހާ އެހާކަށްހާއިރު ކަމަށެވެ.
މި ދެ ބިދޭސީންނަށް މާ ބޮޑު އަނިޔާއެއް ލިބިފައިނުވެއެވެ. އެގޮތުން އެކެއްގެ އިނގިލި ކަފައިގެން ގޮސް، އަނެކަކުގެ އުނަގަނޑަށް ވަނީ ތަދެއް އަރާފައެވެ.
ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް