ބްރިޖްގެ ހައިވޭގައި ތިން ކާރެއް އެކްސިޑެންޓްވެއްޖެ
ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވާލަދޭ ހައިވޭގައި ތިން ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި އެކްސިޑެންޓް މިއަދުގެ މެންދުރު ފަހު 2:15 ހާއިރު ހިނގާފައިވަނީ ހުޅުލެއިން ހުޅުމާލެއަށްދާ ފަޅީގައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހައިވޭގެ މަސައްކަތެއް ކުރާ ތަނެއްގައި ބަހައްޓާފައި ހުރި ކޯނެއް ވަޔާއިއެކު މަގުމައްޗަށް ދިޔަ ވަގުތު، އެ ސަރަހައްދުން އައި ކާރެއް ކުއްލިއަކަށް މަަޑުކުރަން ޖެހުމުންކަމަށްވެއެވެ.
މި ޓެކްސީ ކުރާ ކާރު ކުއްލިއަކަށް މަޑުކުރުމާއި އެކު، ފަހަތުން އައި ދެކާރުވެސް މަޑުޖެހި، އެކަތި އަނެކައްޗާއި ޖެހޭ ގޮތް މެދުވެރިވިއެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް