ރާއްޖެއިން ޗައިނާއާއި އެކު އަސްކަރީ ގާތްގުޅުން ނުބާއްވާނެ: މާރިޔާ
ރާއްޖެއިން ޗައިނާއާއި އެކު އެހާބޮޑު އަސްކަރީ ގުޅުންތަކެއް ނުބާއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެެވެ.
މާރިޔާ މިހެން ވިދާޅުވީ، އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުުޅުގެ ތެރެއިން އެގައުމުގެ އޭއެންއައި ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެކަމަނާ ވިދާޅުވީ އަސްކަރީ ރޮނގުން ދިވެހިރާއްޖެ އަބަދުވެސް އިސްކަންދޭނީ އިންޑިޔާއަށް ކަމަށާއި، ޗައިނާއާއި އެކު މާބޮޑު އަސްކަރީ ގުޅުންތަކެއް ނުބާއްވާނެކަމަށެވެ.
މާރިޔާ ވަނީ އިންޑިޔާއިން ރާއްޖޭގައި ހަރުކުރަން ރާވާފައިވާ ރާޑަރ ސިސްޓަމްތަކަށް އިޝާރާތްކުރައްވާ، އެ ރާޑަރ ސިސްޓަމްއަކީ ރާއްޖޭގެ ސަލާމަތަށް މުހިންމު އެއްޗެއްކަމަށް ސިފަކުރައްވާފައެވެ.
މި ބަސްދީގަތުމުގައި މިނިސްޓަރ އިތުރަށްވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައިވެސް ސިފަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް