ޕީއެންސީ މޮޅުވި މާވަށު ދާއިރާގެ ވޯޓުތައް އަލުން ގުނަނީ
މަޖިލިސް އިންތިޚާބުގައި ޕީއެންސީން ކާމިޔާބުކުރި ގޮނޑި ކަމުގައިވާ މާވަށު ދާއިރާގެ ވޯޓުތައް އަލުން ގުނަން ނިންމައިފިއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ފަސް ވޯޓުގެ ތަފާތުން ހޯއްދެވި މި ގޮނޑީގެ ވޯޓުތައް އަލުން ގުނުމަށް ނިންމިކަން އީސީންވެސް ޔަގީންކޮށްދެއެވެ.
މާވަށު ދާއިރާގައި ހިމެނެނީ އެ ރަށުގެ އިތުރުން ހިތަދު އާއި ކުނަހަންދު އެވެ.
ސައީދު ފަސް ވޯޓުގެ ތަފާތުން ކުރިހޯއްދެވި އިރު އޭނާއާއި އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ.
އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމީ ސައީދަށް ކުރި ލިބިވަޑައިގަތީ ބާތިލް ވޯޓުތަކެއްވެސް ސައްހަކަމަށް ގުނައިގެން ކަމަށް ފަލާހު ޝަކުވާ ހުށައެޅުމުންކަމަށްވަނީ އެނގިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް