މުނިޔާމަގުގައި ހުރި ގެއެއްގައި ރޯވެ އަނދަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މ.މުނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސައެއް ހިނގައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، މުނިޔާމަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. މިހާރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ ފަޔަރ އެންޑް ރެސްކިއު ޓީމުންވެސް އެ ސަރަހައްދުގައި ހަރަކާތެރިވަމުންދާކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަކީ ފަޔަރ ލޮރީއަށް ވަދެ ނިކުމެހަދަން އުނދަގޫ ސަރަހައްދެކެވެ. އަދި ރޯވި ގެ ހުންނަ މަގަކީ ފަޔަރ ލޮރީއަށް ވަދެވޭ މަގެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގަލޮޅުގައި ހުރި ގެއެއްގައިވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. ޑިޒާސްޓާއިން ބުނީ އެ އިދާރާއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް