ސަރުކާރަށް އެންމެ ގިނަ ވޯޓް ދިން އައްޑޫ ރައްޔިތުންގެ ބައްދަލުވުމުން މެންބަރުން ފިލައިފި
އައްޑޫ ސިޓީ ކައުންސިލުން މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށް މިރޭ ބޭއްވި ބައްދަލުވުން ހޫނުވެ ބައެއް މަޖިލިސް މެންބަރުން ބައްދަލުވުން ދޫކުރައްވައި ނިކުމެވަޑައިގެންފި އެވެ.
ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމާއި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ބައިވެރިވެވަޑައިގަތެވެ.
ރައްޔިތުންގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހިމެނެއެވެ.

މިބައްދަލުވުން ހޫނުވެގެން ގޮސްފައިވަނީ ބައްދަލުވުމުގައި ހިޔާލު ފާޅުކުރި ފަރާތްތަކުން މިހާރުގެ ސަރުކާރުން އައްޑޫ ސިޓީއަށް ކަންތައްކޮށްނުދޭ ކަމަށް ބުނެ ދެއްކެވި ވާހަކަތައް، ބައްދަލުވުމުގައި ބައިވެރިވި މަޖިލިސް މެންބަރުން ދޮގުކޮށް ސަރުކާރު ދިފާއު ކުރުމުންކަން ފާހަގަކޮށްލަންޖެހެއެވެ.
Addu MP in Male gai Dhiriulhey Rayyithunnaa Bahdhalukurun Hoonuvejje pic.twitter.com/SBqcAWHI5U
— Ali Wisam (@wii_saam) August 24, 2019
ބައްދަލުވުން ހޫނުވުމުން ފޭދޫ ދާއިރާގެ މެމްބަރު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ ބައްދަލުވުން ދޫކުރައްވާ ވަޑައިގެންފައެވެ.

މިރޭގެ ޖަލްސާގައި އައްޑޫގެ ގިނަ ރައްޔިތުން ޝަކުވާކޮށްފައިވަނީ އައްޑޫގައި ރަނގަޅު ސިއްހީ ނިޒާމެއް އަދި ތައުލީމީ ގޮތުން ރަނގަޅު ފުރުސަތުތަކެއް ނެތުމާއި ވަޒީފާގެ ފުރުސަތު މަދުވުމުގެ ސަބަބުން މާލެ ދިއުމަށް މަޖުބޫރުވާ މައްސަލައަށް ހައްލެއް ލިބިފައިނުވާކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް