ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް: 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލ. ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު ނިޔާވެއްޖެ އެވެ.
އެކްސިޑެންޓް ހިނގީ ލ. ފޮނަދޫ އިން ގަމަށް ދަތުރުކުރި ސައިކަލެއް ލ. ކައްދޫ އެއާޕޯޓަށް ދާން އޮންނަ މަގުން ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. އެކްސިޑެންޓްގެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 7:18 ހާއިރު ކަމަށް ވެސް ބުންޏެވެ.
މި އެކްސިޑެންޓްގައި ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރި ދެ އަންހެނުންނަށާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާ ވެގެން ގަން ރީޖަނަލް ހޮސްޕިޓަލްއަށް ގެންގޮސްފައިވެ އެވެ. އެކްސިޑެންޓްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް