އިންޑިޔާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ދަތުރުފުޅާއި ދިމާކޮށް މުޒާހަރާ ކުރަން ގޮވާލައިފި
އިންޑިޔާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖްގެ ދަތުރުފުޅާއި ދިމާކޮށް މުޒާހަަރާ ކުރުމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސިއްދީޤް ގޮވާލައްވައިފިއެވެ.
ޕީޕީއެމްގެ ޓިކެޓުގައި ތުލުސްދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ސިއްދީޤް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ސިއްދީޤް ވަނީ އިންޑިޔާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރގެ ދަތުރުފުޅާއި ދިމާކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މުޒާހަރާ ކުރުމަށް ގޮވާލައްވާފައެވެ.
ސިއްދީޤް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެނީ ރައްޔިތުންގެ ރުހުމާއި އެކުގައި ކަން ދެއްކުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
މީގެ އިތުރުން ސިއްދީޤް ވިދާޅުވި ގޮތުގައި އިންޑިޔާ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ދަތުރުފުޅާއި ދިމާކޮށް ރިޝްވަތުގެ ފައިސާ ދޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް ރިޝްވަތުގެ ފައިސާ ދެނީ ސީދާ އިންޑިޔާގެ ޑިފެންސް މިނިސްޓަރު ކަމެއް ސިއްދީޤް ވިދާޅެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް