ސިޓީ ކައުންސިލުގެ އަންހެނުންގެ ދާއިރާތަކުގެ ގުރުނެގުން ބުދަ ދުވަހަށް
ކުރިޔަށް އޮތް ލޯކަލް ކައުންސިލުގެ އިންތިހާބުގައި ސިޓީކައުންސިލަށް ވާދަކުރާ އަންހެނުންގެ ދާއިރާތައް ކަނޑައެޅުމަށް ގުރު ނެގުން، އަންނަ ބުދަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ، ސިޓީ ކައުންސިލުގެ އަންހެނުން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމަށް އަންނަ ބުދަ ދުވަހު ގުރު ނެގުމަށް، މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންނަށް 33 އިންސައްްތަ ދިނުމަށް ލާމަރުކަޒީ ގާނޫނުން ލާޒިމު ކުރެއެވެ.
ގާނޫނުގައި ބުނާ ގޮތުން ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަ ކުރާ ގޮނޑިތައް ކަނޑައަޅަނީ އެ ސިޓީއެއްގެ އިންތިހާބީ ދާއިރާތަކުގެ މެދުގައި ގުރު ނަގައިގެންނެވެ. ހުރިހާ ދާއިރާގެ މެދުގައި ގުރު ނެގުމުގެ ބަދަލުގައި ސިޓީގެ ކޮންމެ އަވަށަކުން ނޫނީ ރަށަކުން ވަކިން ގުރު ނަގަން ނިންމީ ހުރިހާ އަވަށަކުން ހަމަހަމަކޮށް ގޮނޑި ބަހައްޓަން ކަމަށް އީސީން ބުނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ސިޓީ ކައުންސިލްތަކުގެ އިންތިހާބީ ދާއިރާތައް ވަނީ އިތުރުވެފަ އެވެ. ސިޓީ ކައުންސިލްތަކަށް ކޮންމެ ދާއިރާއަކުން އިންތިހާބު ކުރާނީ ކައުންސިލަރެކެވެ. ނަމަވެސް މޭޔަރު އިންތިހާބު ކުރަނީ މުޅި ސިޓީގެ ރައްޔިތުންގެ ވޯޓަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް