ފޭސްބުކުން މީހުންގެ މައުލޫމާތެއް ނުވިއްކަން: ޒަކަބާގް
މީހުން ކުރާ ތުހުމަތުތަކާއި ޚިލާފަށް ފޭސްބުކުން މީހުންގެ މައުލޫމާތުތައް ނުވިއްކާ ކަމަށް ފޭސްބުކްގެ ބާނީ އަދި ސީއީއޯ މާކް ޒަކަބާގް ބުނެފިއެވެ.
ޒަކަބާގް މިހެން ބުނެފައިވަނީ ވޯލް ސްޓްރީޓް ޖާނަލްއަށް އޭނާ ލިޔުނު އާޓިކަލްއެއްގައެވެ.
އޭނާ ބުނީ ފޭސްބުކް ހިލޭ ބޭނުންކުރުމުގެ ފުރުސަތު އާންމުންނަށް ލިބެނީ، ވިޔަފާރި އިޝްތިހާރުތަކުން ކަމަށާއި މީހަކަށް ފެންނަ އިޝްތިހާރު ކަނޑައަޅަނީ އެމީހެއްގެ ފޭސްބުކްގެ ހަރަކާތްތަކާއި އާންމު ދިރިއުޅުމަށް ބަލާފައިކަމަށެވެ.
ނަމަވެސް މިގޮތަށް ލިބޭ މައުލޫމާތަކީ އެކުންފުނިން އެހެން ފަރާތަކަށް ވިއްކާ މައުލޫމާތެއް ނޫންކަމަށް، ޒަކަބާގް ވަނީ ފާހަގަކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފޭސްބުކުން އާންމުންގެ މައުލޫމާތު ކުންފުނިތަކަށް ވިއްކާ ކަމަށް ގިނަ ފަރާތްތަކުން ދަނީ ފަހަކަށް އައިސް ބުނަމުންނެވެ.
ޒަކަބާގް އިތުރަށް ބުނިގޮތުގައި މިހެން ޑާޓާ ދީފިނަމަ، އެކުންފުންޏަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. އެއީ ފޭސްބުކްއާއި ވާދަކުރާ އެހެން ކުންފުންޏެއްގެ އަތަށްވެސް އެ މައުލޫމާތު އަރާފާނެތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް