މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން 2 މީހަކު ހޯދަނީ
މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން 2 މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
އެގޮތުން މައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދަމުންދަނީ، މާއިސް މުޙައްމަދު، ކ.ކާށިދޫ,ފަޒާ (27އ)، (އައިޑީ ކާޑު ނަންބަރު: A392323) އަދި ޢާއިޝަތު ނުހާ، އދ. ކުނބުރުދޫ/މާބަގީޗާގެ (24އ)، (އައިޑީ ކާޑު ނަންބަރު: A273640) އެވެ.
ފުލުހުން ވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް، މި ދެމީހުން، ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް 2024 ނޮވެންބަރު 20 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް