N/A
N/A
ހަބަރު 21 Feb 2019 | 01:35

މާދަރީބަހަށް ލޯބިއާލާކުރަން ފަށަންވީ ސްކޫލުގެ ތެރެއިން!

އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް އަސަރުގަދަ އަދި އެންމެ ފޮނިބަހަކީ މަށަށް މި ދިވެހިބަހޭ

އަޅުގަނޑަކީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ހިޔާވަހިކަމުގެ ދަށުގައި ގާތްގަނޑަކަށް 13އަހަރު ހޭދަ ކުރި ފަރާތަކީމެވެ. އެ 13އަހަރުގެ ތެރޭގައި، ބަހާއި ގުޅުންހުރި ހަރަކާތަކަށް ދެވިއްޖެނަމަ، މަދު ފަހަރެއްގައި މެނުވީ މަތީގައިވާ ޅެންބައިތެއް ނީވި ނުދާނެއެވެ. ކޮންމެވެސް ބަހުގެ މާހިރެއް، މުދައްރިސެއް، ނޫނީ ދަރިވަރަކު ނަމަވެސް އެ ބައިތު ކިޔާނެއެވެ. ޚުދު އަޅުގަނޑަކީވެސް ހަމަ އެ ބައިތު ދުލުން ބޭރުކޮށްފައިވާ ފަރާތަކީމެވެ.

އެ ޅެންބައިތުގައި އެެއްވެސް ދޮގެއްނެތެވެ. ދިވެހިބަަހަކީ އަސަރުގަދަ އަދި ފޮނިބަހެކެވެ. މި ހިސާބުގެ ގިނަ ބަސްތަކުގެ އަސަރުތަކާއި އެކު ހެދިފައިވާ މުއްސަނދި ބަހެކެވެ. ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 1998 ވަނަ އަަަހަރު ނެރުނު ދިވެހީންގެ ބަސް، މިފޮތުގައިވާ ގޮތުގައި ދިވެހިބަހުގެ އުފެދުމުގެ މައިގަނޑު އަސްލަކީ ސާންސްކްރިތް ބަހެވެ. އެބަހުން އުފެދުނު ޕްރާކްރިތެއްކަމުގައިވާ ޕްރޮޓޯ ދިވެހި-ސިންހަލައިން ދިވެހިބަސް އުފެދިގެންދިޔައީއެވެ. އޭގެ ފަހުން ބޭރުގެ އެކިއެކި ބަސްތަކުގެ އަސަރު ދިވެހިބަހަށް ވަނީ ވަދެފައެވެ. އޭގެ ތެރޭގައި ބަންގާޅު، އަަރަބި، ފާރިސީ، އުރުދޫ، އިނގިރޭސި އަދި ޕޯޗުގީޒްބަސްވެސް ހިމެނެއެވެ.

ދުނިޔޭގެ ގިނަ ބަސްތައް އުފެދިފައިވަނީ މި ބީދައިންނެވެ. ބޭރުގެ އެހެނިހެން ބަސްތަކުގެ ނުފޫޒުވަދެ ބަސް އުފަންވެގެންދާއިރު، އެބަސް ވެގެންދަނީ ފުރިހަމައަށް ފުރާ ފޯދިފައިވާ ބަހަކަށެވެ.

ނަމަވެސް ދައްކާލަން މިއުޅެނީ ދިވެހިބަހުގެ މޮޅުކަމުގެ ވާހަކައެއް ނޫނެވެ. މިއަދަކީ ބައިނަލްއަގްވާމީ މާދިރީ ބަހުގެ ދުވަހުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ދުވަސްކަމުން، މި ދުވަހުގެ ހަރަކާތްތައް ދިވެހިރާއްޖޭގައިވެސް އެބަ ކުރިއަށްދެއެވެ. އެގޮތުން މި ހަރަކާތްތައް އެންމެ ފުޅާމިނެއްގައި ކުރިއަށްގެންދާ ތަނަކަށް ވާނީ އަޅުގަނޑުމެންގެ ކިޔަވާ ކުދިން ތައުލީމް ހާސިލްކުރަމުންދާ ސްކޫލް މަދަރުސާތަކެވެ.

ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ބަސް ކުރިއަރުވައި، ބަސް ހިމާޔަތްކުރުމަށް އަޅުގަނޑުމެން އާރުލައި މަސައްކަތް ކުރަންޖެހޭ މައިގަނޑު ސަބަބަކީ އަންނަން އޮތް ޖީލުތަކާއި ހަމައަށް އެ ބަސް ރައްކާތެރިކަމާއި އެކު ވާސިލްކޮށްދިނުމަށެވެ. މިކަމަށްޓަކައި އަޅުގަނޑުމެން އާންމުކޮށް ސްކޫލްތަކުގެ އެސެމްބްލީތަކުގައިވެސް އަދި އާންމު އޮޅިތަކުގައިވެސް ދައްކާ ވާހަކައަކީ ބަހަށް ޒުވާންޖީލުގެ ހިތްތަކުގައި ލޯބި ޖައްސުވާ ވާހަކައެވެ.

ހަގީގަތުގައި ދަންނަވަނީނަމަ ދިވެހިބަސް ހިމާޔަތްކުރަން އެދެނީނަމަ އަންނަން އޮތް ޖީލުތައް އެބަހަށް "ލޯބިޖެއްސުވުން" ހުއްޓާލަންވީއެވެ. މަދަރުސީ މާހަައުލުގެ ތެރެއިން އެ ކުދިންގެ ހިތްތަކުގައި ބަހަށް ލޯބި އާލާކުރަންވީއެވެ. ގަދަަކަމުން ލޯބި ޖައްސުވަން މިހާރު ގެންގުޅޭ އުސްލޫބަކީ މި ޒަމާނާއި ފެތޭ އުސްލޫބެއް ނޫންކަމަށް ގިނަ ދިވެހި މުދައްރިސުންވެސް އިއްތިފާގުވެއެވެ.

ދިވެހިބަސް ކުރިއެރުވުމަށް ޒުވާން ޖީލްތަކުގެ ހިތްތަކުގައި އެބަހަށް ލޯބި އާލާކުރަން މަސައްކަތް ކުރަންޖެހިފައިވާއިރު، އެކަަމަށްޓަކައި ކުރަން ޖެހިފައިވާ އެންމެ މުހިންމުކަމަކީ ސްކޫލް މަދަރުސާތަކުގައި ދިވެހިބަސް ކިޔަވައިދޭ އުސްލޫބު ބަދަލުކުރުމެވެ. ދިވެހިބަސް މިހާރު ކިޔަވައިދޭ ގޮތަކީ ޒަމާނީ މަލްޓިމީޑިޔާގެ ވަސީލަތްތަކާއި ދުރު، ބޯދާ ޒާތަކަށް ކުރަމުންދާ ކަމެކެވެ. ކުދިންގެ ޅަފަތުން ފެށިގެން އެއްވާނަކަށް ދިވެހިބަސް ކިޔަވައިދިނުމުގެ ނަތީޖާއަކަށްވަނީ އެކުދިން ބޮޑުވަމުންދާ ވަރަކަށް ދިވެހިބަހާއި ދުރުވަމުންދިޔުމެވެ. މާދަރީބަހަކީ ކަމުނުދާ، ވާހަކަދައްކާލަން ނުކެރޭ ފެންވަރުގެ ދަށްބަހަކަށް ވެގެންދިޔުމެވެ.

މިހާރު ދިވެހިބަހުގެ މާއްދާ ރޭވިފައިވާ ގޮތުން އެއް މާއްދާއެއްގެ ދަށުން ބަހުގެ ގަވާއިދު، ޅެންވެރިކަން، ލިޔުންތެެރިކަން އަދި ދިވެހި ތާރީޚު ކިޔަވައިދެވެއެވެ. މިކަމުގެ ސަބަބުން ދިވެހިބަހުގެ އަދަބިއްޔާތުގެ ބައިތައް އިތުރަށް ހޯދައި ދެނެގަންނަން ބޭނުންވާ ދަރިވަރުންނަށްވެސް އެކުދިންެގެ އެދުމުން ވަނީ މަހުރޫމްވެފައެވެ. މިހާރު ދިވެހި މާއްދާ އޮތް ގޮތް ބަދަލުކޮށް ދިވެހިބަސް، ދިވެހި ތާރީހު އަދި ދިވެހި އަދަބިއްޔާތު ވަކި ތިން މާއްދާއަކަށް ހަދައިިފިނަމަ ބަހަށް މުސްތަގްބަލުގައި އިތުރު އާރޯކަމާއި ތާޒާކަމެއްވެސް ހަަމަ ލިބިދާނެއެވެ.

މި ރިޕޯޓް ފެއްޓިއިރުގައިވެސް ފާހަގަކޮށްލި ފަަދައިން ދިވެހިބަހަކީ އަސަރުގަދަ އަދި ފޮނިބަހެކެވެ. އެކަމުގެ އިހުސާސް އަންނަން އޮތް ޖީލަށް ލޯތްބާއި އެކު، ޒަމާނީ ވައްޓަފާޅިން ކޮށްދިނުމަކީ އަދުގެ ޖީލުގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަމުގެ ފެށުން އޮތީ ސްކޫލްތަކުގެ ހަތަރުފާރުގެ ތެރެއިންނެވެ. އެ ފެށުން އަވަަހަށް ގެންނަވާށެވެ. ނޫނީ ބަހާއި ބީރައްޓެހި ޖީލެއް އުފެދުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...