ލުތުފީ ފިލައިގެން އުޅުނު ތަނުގެ މައުލޫމާތު މީގެ ކުރިންވެސް ލިބުނު: ފުލުހުން
ހ.ހާޖަރާާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ފިލައިގެން އުޅުނު ތަންތަން މީގެ ކުރިންވެސް ފުލުހުންނަށް އެނގިފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލުތުފީ ފިލައިގެން އުޅެން ފެށިފަހުން 2012އާއި 2016ވަނަ އަހަރާއި ދެމެދު، ތަފާތު އެކި ފަހަރުމަތިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް އޭނާ ފިލައިގެން އުޅުނު ތަންތަނާއި ބެހޭ މައުލޫމާތު ޔަގީނާާއި ގާތަށް ލިބުނު ކަމަށެވެ.
ނަމަވެސް އެ މައުލޫމާތު ފުލުހުންގެ އިސްވެރިންނާއި ހިއްސާކުރެވުނު ނަމަވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން އެ މައްސަލަ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ފަރާތުން މިހާރު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާާންޑަށް ރަސްމީކޮށް ލިޔުމުން އަންގާފައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލަ ޕީއެސްސީއިން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް