މިސީޒަނަކީ ކުޅޭނެ ފަހު ސީޒަންކަމުގެ އިޝާރާތެއް ރޮނާލްޑޯ ކޮށްފި
ރިޓަޔާ ކުރާނެ ދުވަހެއް ނޭގޭ ކަމަށައި ކުރިއަށް އޮތް އަހަރުވެސް ރިޓަޔާ ކުރަން ޖެހިދާނެ ކަމުގައި ފުޓްބޯޅައިގެ ދުނީޔޭގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ 34 އަހަރުގެ ރޮނާލްޑޯ ބުނީ ކަންދިމާކުރާ ގޮތަކުން ފަހަރެއްގައި އަންނަ އަހަރު ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށައި ނަމަވެސް އުމުރުން 40 ނޫނީ 41 އަހަރުވަންދެވެސް ކުޅުމުގެ ފެންވަރައި ގާބިލުކަން އޭނާގެ ގައިގާ އެބަހުރި ކަމަށެވެ.
އިންޑިވިޖުއަލް އަދި ކްލަބް ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ ވަނީ އޭނާއަށްވުރެ ގިނަ ރެކޯޑްތަކެއް ހަދާފައިވާ ކުޅުންތެރިއެއް ހުރި ކަމާމެދު ސުވާލުވެސް އުފައްދާފައެވެ.
ހުރިހާ މުބާރާތެއްގައި 43 މެޗުން 28 ގޯލް މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް ޖަހައިދީފައިވާ ރޮނާލްޑޯއަށް، މިސީޒަނުގައި އެންމެ މުހިންމީ ޗެންޕިއަންސް ލީގް ކާމިޔާބުކުރުން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް