ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ އެ ހާދިސާ ހިނގީ ހިޔާ އަވަށުގައި ނިރޮޅުމަގު, މުނިހޯމްކެއާ މިސްކިތް ކައިރީ ކަމަށެވެ. އެކްސިޑެންޓް ގައި ސައިކަލު ދުއްވަން ތިބި މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ.
އެކްސިޑެންޓްވެފައިވާ މަންޒަރު ފެންނަ ވީޑިއޯ އިން ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަން އެނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް