ޓޮޓެންހަމް މެޗަށް ޕޮގްބާ ފިޓްވާނެކަމުގެ ސުވާލު އުފެދިއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެނަހަމްއައި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޔުނައިޓެޑުގެ ތަރި ޕޯލް ޕޮގްބާ ފިޓްވާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ.
ލީގުގައި ނިއުކާސަލްއައި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކައި ގުޅިގެން ޔުނައިޓެޑް އެފްއޭ ކަޕްގައި ރެޑިންގްއައި ކުރިމަތިލުމަށް ނެރުނު ސޮކުޑައި ޕޮގްބާ ހިމަނާފައެއް ނުވެއެވެ. އެ މެޗަށްފަހު ހޫނު މާހައުލެއްގައި ޔުނައިޓެޑުގެ ފަރިތަކުރުންތައް ބޭއްވުމަށްޓަކައި އެޓީމް ދުބާއީއަށް ކުރި ދަތުރުގައިވެސް ޕޮގްބާ ހިމެނިފައެއްނުވެއެވެ. ނަމަވެސް އޭގެ ފަހުން ޕޮގްބާވަނީ ދުބާއީގައި ކުރިއަށްދާ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.
ޕޮގްބާގެ ފިޓްނަސްއައި މެދު ސުވާލު ކުރެވުމުން ޔުނައިޓެޑުގެ ކެއާ ޓޭކާ މެނޭޖަރ ޝޯލްޝާ ބުނީ ލިބުނު އަނިޔާއަކަށް ޕޮގްބާ ފަރުވާހޯދާފައިވާ ކަމަށައި އުންމީދަކީ މި ހަފްތާތެރޭ އޭނާ މުޅިން ފިޓްވުން ކަމަށެވެ.
ޓޮޓެންހަމްއައި ކުރިމަތިލާން ނުކުންނާ ޝޯލްޝާގެ ޓީމަށްވަނީ ޑިފެންސިވް ކުޅުންތެރިން ނެތުމުގެ އުނދަގުލައި ކުރިމަތިލާން ޖެހިފައެވެ. ރޮހޯއަށް އަދި ސްމޯލިންގއަށް އަނިޔާވެފައިވާއިރު ބެއިލީވަނީ ސަސްޕެންޑް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް