N/A
N/A
ހަބަރު 09 Apr 2019 | 10:05

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޗެއާރމަން ޖާބިރު؟

ނިމިގެންދިޔަ ހޮނިހިރު ދުވަހު ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއަކީ ގިނަބަޔަކު ހައިރާންކުރުވި ނަތީޖާއެކެވެ. ސަރުކާރު ކޯލިޝަންގެ މައިޕާޓީ ކަމުގައިވާ އެމްޑީޕީއަށް ގިނިކަންޏާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނުއިރު، ބައެއް ދާއިރާތަކުން ހޮވުނު ކެނޑިޑޭޓުންގެ ވާހަކަތަކަކީ ގިނަ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކެކެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބަކީ އެހެން އަހަރުތަކާއި އަޅާބަލާއިރު އަމިއްލަ ކެނޑިޑޭޓުން ގިނަ ފަހަރެކެވެ. އެގޮތުން މި އިންތިޚާބުގައި އަމިއްލަގޮތުން ވާދަކޮށް މޮޅުވި ކެނޑިޑޭޓުންގެ ތެރެއިން ގިނަބަޔަކު އެންމެ ބާރުމިނެއްގައި އެފަރާތެއްގެ ވާހަކަދައްކަމުންދަނީ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރެވެ. ޔޮޓް ޓުއާޒް ކުންފުނި ހިންގަވާ މަޝްހޫރު ޗެއާރމަން ޖާބިރެވެ.

ޖާބިރަކީ މީގެ ކުރިންވެސް ކާށިދޫ ދާއިރާގެ ގޮނޑިއަށް ހޮވިފައިވާ ފަރާތެކެވެ. ނަމަވެސް މިފަހަރު އެ މަގާމަށް ޖާބިރު ހޮވިގެން އޭނާގެ ވާހަކަތަކާއި ފޮޓޯތައް މީސްމީޑިޔާއިން ފިލާވަރެއް ނުވިއެވެ. ކާށިދޫގެ "ރަސްގެފާނަށް" ވުމުގެ އިތުރުން ދިވެހި މީމް ސަގާފަތުގެވެސް ރަސްގެފާނަށް ޗެއާރމަން ޖާބިރު ވެވަޑައިގެންފިއެވެ. ސަބަބަކީ ކާށިދޫ އަދި ގާފަރަށްޓަކައި ޖާބިރު ވެވަޑައިގެންނެވި ވައުދުތަކެވެ. މަތިންނާއި ތިރިން ގުޅާލައި، ތަހުޒީބު ޝަހަރަކަށް އެރަށް ހައްދަވާނެ ކަމުގެ ވައުދުތަކާއި އެކު ކާށިދޫ ދާއިރާއަކީ ޖާބިރުގެ ދައުރު ނިމޭއިރު މާވެލް ދުނިޔޭގައި ހިމެނޭ ވަކަންޑާއަށް ވެދާނޭ ބުނާ ފަރާތްތައް މަދެއް ނޫނެވެ. ބްލެކް ޕެންތާގެ ބަދަލުގައި ޗެއަަރމަން ޖާބިރަކީ ކާށިދޫ ޕެންތާއޭ ޒުވާނުން ބުނާތަން ދެކެމެވެ.

އެ ހުރިހާ ފާޑުކިޔުންތަކަށްވެސް ޖާބިރުގެ އޮތީ އެންމެ ރައްދެކެވެ. ޖާބިިރަކީ މީގެ ކުރިންވެސް ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނެސްފައިވާނެ ފަރާތެއްކަމަށާއި، އޭނާ އެ ޕްރޮގްރާމަކާއިގެން މޮޅުވި ޕްރޮގްރާމް ތަންފީޒުކުރައްވާނެކަމަށެވެ.

ނަމަވެސް އިހަކަށް ކޭބަލް ކާރާއި އަރަބި ފަތުުރުވެރިންގެ ވާހަކަ ބާއްވަމާ ހިނގާށެވެ. މިއަދު ހެނދުނު އޮތް ޕްރޮގްރާމެއްގައި ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން އޮތްކަމަށް ވިދާޅުވެފައެވެ.

ރާއްޖެޓީީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އެމަގާމަށް ޝައުގުވެރިކަން އެބަހުރި ކަމަށާއި އެމްޑީޕީގެ ޕީޖީ ލީޑަރ އަސްލަމް އެމަގާމަށް އަންނަން ބޭނުންވާކަން އެނގިވަަޑައިގަންނަވާ ކަމަށެވެ.

"އަސްލަމަކީ ވަރަށް ގާބިލް ބޭފުޅެއް. ދެން އޮންނާނީ އަޅުގަނޑުމެންގެ ތެރޭގައި ކޮމްޕެޓިޝަނެއްތާ، ގާބިލްކަން ނިންމާނީ މަޖިލިސް މެމްބަރުންތާ. އަޅުގަނޑު ކުރިމަތިލާން ނިންމައިގެން މިހުންނަނީ. އެކަމަކު އަސްލަމަށްވެސް އަޅުގަނޑު ތާއީދުކުރަން. އަސްލަމް އަޅުގަނޑަށް ވެސް ތާއީދު ކުރައްވާނެ، އެހެންތާ އެކަންވާނީ. ގާބިލްކަން ނިންމާނީ މަޖިލީހުގެ މެމްބަރުންތާ. އެކަމާ (މަޖިލިސް ރައީސް) ވިސްނަމުން މިދަނީ. އަޅުގަނޑު އަސްލަމާ ވެސް މަޝްވަރާ ކޮށްލާނަން އަދި ރައީސް ނަޝީދުއާ ވެސް މަޝްވަރާ ކުރާނަން. ވަކިމީހަކު ބުނެގެން ވަކިމީހަކު ނުބުނެގެން، ހަމައެކަނި ރައީސް ސޯލިހު ވިދާޅުވެގެން އެކަނި އަޅުގަނޑު ކުރިމަތި ލާނީ، އެހެން ވެއްޖިއްޔާ އަޅުގަނޑު ދާގޮތަށްގޮސް ގޮނޑި ނަގާނަން. ނަގާފަ ހިންގާލާނަން،" ޖާބިރު ވިދާޅުވި އެވެ.

މިއާއި އެކު ސޯޝަލް މީޑިޔާ އަނެއްކާވެސް މިވަނީ ކެކިއުތުރި އަރާފައެވެ. މަޖިލީހުގެ ރައީސަށް ޖާބިރު ލައިފިނަމަ މަޖިލީހުގެ ޖަލްސާތައް ތަންކޮޅެއް "މަޖާވެދާނެ" ބުނާ ފަރާތްތައްވެސް މަދެއް ނޫނެވެ. ތެދެކެވެ. ޖާބިރަކީ ވާހަކަ ދެއްކެވުމުގައި ވަރަށް ތަފާތު އުސްލޫބެއް ގެންގުޅުއްވާ ބޭފުޅެކެވެ. ރިޔާސަތުގައި އިންނަވާ ގަޑީގައި ބުނުއްވާ އެއްޗަކުން މެންބަރުންނާއި ބަލަން ތިބި ފަރާތްތައްވެސް ހިނިއައިސްފާނެއެވެ.

ނަމަވެސް އެއަށްވުރެ ބޮޑަށް ޖާބިރު ފެނިވަޑައިގަންނަވަނީ ސިޔާސީ މައިދާނުގައި އެއްއަތަކަށް ގޮސް ހުސްވެފައި ނުހުންނަވާ ފަރާތެއްގެ ގޮތުގައެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ "އެޅިހާ ބަތަކަށް ރިހަވެގެން" ނުހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ. މިވަގުތު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިޔަސް ޖާބިރަކީ އެމްޑީޕީގެ އިސް ފަރާތްތަކަށްވެސް ދިމާ ބަހުގެ ހަމަލާދޭން ކެރޭ ފަރާތެކެވެ. އަދި މީގެ އިތުރުން ޖާބިރަކީ ރައީސް ޔާމީންގެ ފަޅީގެ ބޭފުޅުންނާއިވެސް ޒަމާންވީ ގުޅުންތަކެއް އޮންނަ ފަރާތްތަކެއްކަން ފާހަަގަކޮށްލެވެއެވެ.

ތިންބާރު ވަކިވެފައިވާ ނިޒާމުގެ އެންމެ މުހިންމު އެއް ބަޔަކީ ގާނޫނު ހަދާ މަޖިލީހެވެ. އެ މަޖިލީހުގެ އިސްވެރިޔަކީ ހުރިހާ ފަރާތެއްގެ އަޑުއަހާނެ ފަރާތަކަށްވުމަކީ މުހިންމު ކަމެކެވެ. އެހެން ނޫންނަމަ ވެގެންދާނެގޮތަކީ ދިވެހިންގެ ލޮލުގެ ކުރިމައްޗަށް ފެނިފައިވާ މަންޒަރެކެވެ. އެހެންކަމުން 19ވަނަ މަޖިލީހުގެ ރައީސަށް ޗެއަރމަން ޖާބިރު ކިހިނެއްވާނެތޯއެވެ؟ ގޮތް ނިންމަވާނީ މެންބަރުންނެވެ!

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...