ޖަޕާނަށް ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ޖަޕާނަށް ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ނެރެފިއެވެ.
ޖަޕާނުގެ މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ، ބިންހެލުމެއް އައިކަން ޔަގީންކޮށްދީފައެވެ. ބިންހެލުން އައިސްފައިވަނީ އެޤައުމުގެ އިރު އުތުރު ސަރަހައްދަށް ޖަޕާނުގެ ގަޑިން 11:15 ހާއިރުއެވެ. ބިންހެލުން އައިސްފައިވަނީ ބިމުގެ 50 ކިލޯމީޓަރު އަޑިން 7.2 މެގްނިޓިއުޑް ބާރުމިނުގައެވެ. ބިންހެލުމާ ގުޅިގެން މިހާތަނަށް ލިބުނު ގެއްލުންތަކެއް އަދި ސާފެއް ނުވެއެވެ.
ޖަޕާނުގެ މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ ޕެސިފިކް އޭރިއޭ ސަރަހައްދުތަކުގެ ތެރެއިން ހޮކައިޑޯ، އައޮމޯރީ ފަދަ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރުދީފައެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ބިންހެލުމާ ގުޅިގެން އެޤައުމުގެ އިރު އުތުރު އައްސޭރިފަށުގެ ސަރަހައްދުތަކަށް .ސުނާމީ އަރާނޭކަމަށް ލަފާކުރެވޭ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 މީޓަރު ނުވަތަ 10 ފުޓު ހުންނާނޭކަމަށް ބެލެވޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް