އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ، އައު ސަފީރަކީ ބަލަސުބްރަމާނިއަން
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އައު ސަފީރަކަށް، ޖީ. ބަލަސުބްރަމާނިއަން ހަމަޖައްސައިފިކަމަށް، އެޤައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
ޖީ. ބަލަސުބްރަމާނިއަން އަކީ މިހާރު އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރެވެ. އިންޑިއާގެ އެކްސްޓަރނަލް މިނިސްޓްރީން ބުނީ ވަރަށް އަވަހަށް ބަލަސުބްރަމާނިއަން ރާއްޖޭގެ ސަފީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގެން ޒިއްމާތައް އަދާކުރައްވަން ފައްޓަވާނޭކަމަށެވެ. ޖީ. ބަލަސުބްރަމާނިއަން އަކީ 1998 އަހަރުން ފެށިގެން އިންޑިއާގެ ހާރިޖިއްޔާގައި ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.
އޭނާ ވަނީ މީގެ ކުރިން ރަޝިއާ، ތައިލެންޑް، އަދި ވޮޝިންޓަންޑީސީގައި ޑިޕްލޮމެޓެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައެވެ.
ރާއްޖެއިން އިންޑިއާއަށް މިހާރު ކަނޑައަޅާފައި ހުންނަވާ ސަފީރަކީ މުނޫ މަހާވަރެވެ. އޭނާ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު 2021 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް