ހަތިޔާރުއެޅި އުޅަނދުތައް ބުރިޖްއަށް!
އެމްއެންޑީއެފް ގެ އާރމްޑް ވެހިކަލްސް ސިނަމާލެ ބްރިޖްގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މިކަމާގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އެމްއެންޑީއެފްގެ އާރމްޑް ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތަކަށް މާލެއާއި ހުޅުމާލެ ބުރިޖާ ދެމެދު މިވަގުތު ދަތުރުކުރަމުންދާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީ ހިންގެވުމާ މިހާރުގެ މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ހަވާލުވުމާއެކު ވަނީ އެމްއެންޑީއެފްގެ އުޅަނދުފަހަރު ވަރަށް ބޮޑަށް މަރާމާތައް ބޭނުންވެފައިކަން ހާމަކޮށްފައެވެ.
އެމްއެންޑީއެފްގެ ހަތިޔާރުއެޅި އުޅަނދުތަކުގެ މަރާމާތް ކުރަމުން މިދަނީ ރާއްޖޭގައި ސަލާމަތީ ބާރުތައް ގުޅިގެން އެމެޖެންސީ ރެސްޕޮންސް އެކްސަސައިޒެއްވެސް ބާއްވާފައި ވަނިކޮށެވެ.
ރާއްޖެއަށް ސްރީލަންކާއަށް ދިންފަދަ ޓެރަރިޒަމްގެ ހަމަލާއަކުން ރައްކާތެރިވުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން ރާއްޖޭގެ އިމިގްރޭޝަންއާއި ސަލާމަތީ ބާރުތައް ގުޅިގެން ބާއްވާ އެކްސަސައިޒްތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް