އައްޑޫ ސިޓީ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓޭއް ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ކ. މާލެ، ގ. ނައިޓް ޑްރީމް، ލީވާން އަބްދުއްސައްތާރު (24އ) އެވެ.
ފުލުހުން ބުނީ، އައްޑޫ ބްރިޖުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާ މައްސަލަ ހެނދުނު 9:49 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
”މިހާތަނަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ބާރު ސްޕީޑުގައި މަރަދޫއިން ހިތަދޫކޮޅަށް ދުއްވާފައި ގޮސް ބްރިޖު ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބްރިޖުގެ ފެންސުގައި ޖެހިގެން“ ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް