ބިންވެރިޔާ ހާއްސަ ސްކީމަށް ހުޅުވާލުން އޭޕްރީލް އެކަކަށް ފަސްކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބިންވެރިޔާ ހާއްސަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހް ފަސްކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ވަނީ އެކަން މިއަދު އިއުލާނު ކޮށްފަ އެވެ. އެ މިނިސްޓްރީން މިއަދު ބުނީ ބިންވެރިޔާ ހާއްސަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީހް އޭޕްރީލް މަހުގެ ފުރަތަމަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ދުވަހު ހެނދުނު 11:00 އިން ފެށިގެން އެ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
މިއީ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށައަޅައި ގޯތި ލިބިފައިވާ މީހުންނާއި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުންނަށް ހާއްސަ ސްކީމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް