N/A
N/A
ހަބަރު 30 Jan 2019 | 04:18

އިސްލާމްދީނާ ގައުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވާން ތައްޔާރަށް މިހުރީ- ޝެއިޚް އިމްރާން

އިސްލާމްދީނާއި ދިވެހި ގައުމުގެ ހިމާޔަތުގައި ދިވެހިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަންހުންނެވި ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.

ޓްވީޓާގައި އޭނާގެ މިޓްވީޓް ރައްދުކުރައްވަނީ ކޮންކަމަކަށްކަމެއް ސާފެއް ނުވެއެވެ. ގައުމީ ޖޯޝްގެ ވާހަކައެއް އިމްރާން މިފާޅުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ފެށުނީއްސުރެ ހުއްޓުމެއްނެތި ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތު ނައްތައިލުމަށްޓަކައި ރަނގަޅަށް ރޭވިގެން އިސްލާމްދީނުގެ ޝިއާރުތަކުގެ ހުރުމަތް ކަނޑައި ފިތުނަ އުފެއްދުމަށް ދިވެހިންގެ ބިޔަކު ހިންގާ ޕްރޮޕެގެންޑާއަކާއިގުޅިގެން ގައުމުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އަދި މިޕްރޮޕެގެންޑާގެތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ވަރަށް އިސްމީހުން ސޯޝަލް މީޑިއާއިން ފެންނަމުންދާތީ މައްސަލަ ހައްލުކުރާނެގޮތެއް އަމިއްލަ ސިކުނޑިފުޅުން ނިންމަވަން ދަތިފުޅުވުމުން ރައީސް ސާލިހްވަނީ ރިޔާސީ ކޮމެޓީއެއް އުފައްދަވައި އެކޮމެޓީއަށް ފެންނަ ޚިޔާލެއް އެމަނިކުފާނަށް އެރުވުމަށް އަންގަވާފައެވެ. އެކޮމެޓީންކުރާކަމެއް އަދި ފެންނާކަށެއްނެތެވެ.

ދިވެހި ރާއްޖޭގެ ދިވެހި ރައްޔިތުން މާތްވެގެންވާ އިސްލާމްދީނަށް އެނބުރުނީއްސުރެ ކޮންމެ ޒަމާނެއްގައިވެސް މިގައުމުގެ ފަސްގަނޑުގައި ދީނާއި ދުރުހެލިވެގެންއުޅޭ ލާދީނީ ބަޔަކު އުޅެފައިވާކަން އެގެއެވެ. ބޮޑަށް އެފަދަ މީހުން ފާހަގަވަނީ މާލޭގެ ބޮޑެތި އާއިލާތަކުގެ ތެރެއިންނެވެ.

ލާދީނީވެގެންގޮސް، ޒިނޭކޮށް ރާބުއިން އާއްމުކަމަކަށްހަދައި އެކަމަށް ހިއްވަރުދީ އެންމެފަހުން ދީން ދޫކޮށްލައި ދިވެހި ގައުމުގެ މިނިވަންކަން ބޭރުގެ އިސްތިއުމާރީންނަށް ވިއްކާލުމުގެ ނުބައިރޭވުންތައް ރާވާހަދާފައި އެބަހުއްޓެވެ. ނުވަވަނަ ހަސަން ރަސްގެފާނާއި ހަސަން ތާޖުއްދީންގެ ދެދަރިން ތޯއެވެ.

ރަސްކަން އޮތް އިރު ރަސްކަމުގެ ކޮއިލުތެރޭގައި އޮންނަ ފާހިޝް އައްޔާޝީކަންތައްގަނޑުގެތެރޭގައި އެންމެފަހުން ތިއްބެވި ރަސްރަސްކަލުންގެތެރެއިން ރަސްކަލެއްގެ ދަރިކަލުން ނުވަތަ ޕްރިންސް އެއްޖިންސުން ގުޅުން ހިންގައި އެކަންމީސްތަކުންނަށް އެގުމާއެކުވެސް ރަސްގެފާނު އެކަން ނުހުއްޓުވައި، ޕްރިންސްގެ ގާތް ރަހުމަތްތެރިން އެވަބާގައި ޖައްސައި، އެންމެފަހުން އަނބިކަބަލުންނަށް އެމަންޒަރުތައް ބަލަންކެތްނުކުރެވި ހިތާމަކޮށްކޮށް ހިތްހަލާކުވެ ޓީބީގެ ޝިކާރައަކަށްވެ މަރުވެދިޔައީކަމަށް ބުނެވެއެވެ.

އަދި ފަހުގެ ރަސްކަލުންކުރެ ރަސްގެފާނަކު އެފާހިޝް އަމަލުހިންގާތަން އަނބިކަނބަލުންނަށް ފެނި އެރަސްގެފާނުގެ އަނބިކަބަލުން މޮޔަފުޅުވެ އެއްދުވަހަކު ދަންޖެހިގެން މަރުވީއެވެ. ތާރީޚްގެ އެސަފްހާތައް ނިއުޅުމު މާނައެއް މިހާރަކު ނެތެވެ. އެކަންކުރި މީހުންގެ ވާހަކަތައް އިސްވެ ގޮސްފިއެވެ.

މިއަދު މިއީވެސް ޒަމާނެކެވެ. ދިވެހިން ޚާއްސަކޮށް މުއްސަނދިންނާއި މާލޭގެ ބޮޑެތި އާއިލާތަކުގެ މީހުން އެމީހުންގެ ދަރިން ޔޫރަޕަށް ކިޔަވަންފޮނުވައި އޭގެތެރެއިން ވަރަށް ގިނަ ކުދިން އިސްލާމްދީނާއި ދުރުހެލިވެ، ލާދީނީވެ، އަނެއްބަޔަކު އިސްލާމްދީން ދޫކޮށް ޝިރުކުގެ މަގު ޚިޔާރުކޮށްފައިވާކަމަށް ބުނާތީ އިވެއެވެ. ސަރުކާރުގެ އެންމެ އިސްމަގާމްތަކުގައި މަސައްކަތްކުރެއްވި ބޭބޭފުޅުންގެ ދޫފުޅުން ވިދާޅުވާގޮތުންނަމަ އިސްލާމްދީން ދޫކޮށްލައިގެންތިބި 3 ހާހެއްހާ ދިވެހިން މިއަދު އެބަތިއްބެވެ. ކްރިސްޓިއަން މިޝަނަރީންގެ ހަރަކާތްތައް ރާއްޖޭގައި ހިންގައިދެނީ މިދިވެހިންނެވެ. އެކަންކުރާމީހުންނަކީ ގައުމު އިސްލާހްކުރާ މީހުންކަމުގައި މިއަދު ވެއްޖެއެވެ.

ދިވެހިންގެ ތެރެއިން ވަރަށް ގިނަބަޔަކު އެމީހުންނަށް ތަބާވެ އެމީހުންގެ ނުބައި ފަސާދައާމެދު ވަރިހަމަކަންވަނީ ޚިޔާރުކޮށްފައެވެ. އެފަދަ މީހުން ތިމާމެންގެ ލީޑަރުންނަށް ހަދައި އެލީޑަރުން ވީހާލެއްގައިވާން ވައުދުވެ ތިމާގެ އަނބިދަރިންނާ ފުރާނައަށްވުރެ އެފަދަ މީސްމީހުންނާމެދު ލޯބިވެތިކަން ފާޅުކުރަންފެށުމުން ބުނާނީވެސް ކީކޭތޯއެވެ. އަޅުގަނޑުމެންގެ ހާލަތުގޮސްފައިވާ މިންވަރަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިސްމަގާމުތަކަށް އިސްލާމީ ޝަރީއާގެ ހުކުމްތަކަށް ފާޅުގައި ފާޑުކިޔައިހަދާފައިވާ މީހުން ލާފައި އެބަތިއްބެވެ.

ކީރިތި ގުރުއާނަށާއި ރަސޫލާއަށް ނިސްބަތްކޮށް ފިތުނަވެރި ވާހަކަ ފަތުރާ މީހުން ދެކަމެއް ގެނެސް އެބަ ދައްކައެވެ. އެއްކަމަކީ ޑިމޮކްރަސީގައި މިއަދު އެމީހުންނަށް މިނިވަންކަމާއެކު އަގަހުޅުވާލަން ފުރުސަތު ލިބިފައިއޮތުމެވެ. ކީރިތި ގުރުއާންއާއި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ އަނބިކަބަލުންނާ އަދި ލޮބުވެތި ސަހާބީންނަށް ބޭއިހްތިރާމް އަދާކުރާމީހުންނާދެކޮޅަށް އެއްޗެއް ބުނެފިނަމަ އެމީހަކީ ފިތުނަ އުފައްދާ ހަރުކަށި ދީނީ މީހެއްގެ ގޮތުގައިކިޔައެވެ. ދެވަނަ ކަމަކަށް ޒިނޭގެ ހުކުމް މީސްތަކުންނަށް އޮޅުވައިލުމަށްޓަކައި ޢުމަރު ރަޟިޔަﷲ އަންހު ގެންނަވާފައިވާ ބަސްފުޅެއްގެ މައްޗަށް އެމީހުންގެނެސް ދައްކަނީ ޕާކިސްތާނުގެ ޝައިޚެކެވެ. ޝައިޚް އިމްރާން ހުސައިން ކިޔާ މިމީހާގެ ޔޫޓިއުބް ވީޑިއޯއެއްގައި ﷲ ބާވައިލެއްވި އެއްވެސް އާޔަތެއް މަންސޫޚް ނުކުރައްވާކަމަށާއި ރަޖަމްގެ ހައްދުއެއީ ގުރުއާންގައި ބާވައިލެއްވި އާޔަތެއްނޫންކަމަށް އޭނާގެ މުދައްރިސް ކިޔައިދީފައިވާކަމަށާއި ރަޖްމްގެ ވާހަކައަކީ ވަހީ ބާވާލެއްވުމުގެ ކުރީގެ ކަމެއްކަމަށް ބުނާތީ އުމަރުގެ ފާނުގެ ވާހަކައަށްވުރެ ސައްހަކަން އެމީހުންގެ ގާތު ބޮޑުވެގެން ސޯޝަލް މީޑިއާގައި އެވީޑިއޯ ދައުރުކޮށްހަދައެވެ. މިމީހުންގެ ޖާހިލުކަން ހުރިމިންވަރަކީ ވަހީ ބާވައިލެއްވުމުގެ ކުރިން އިސްލާމްދީނުގެ އެއްވެސްކަމެއް ރަސޫލާ ގެންނަވާފައިނުވާކަން ނޭގުމެވެ.

ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ހިއްވަރުލައްވާފައި ވަކި ކުރައްވާނީ ކޮންކަމެއްތޯއެވެ. އެމަނިކުފާނުގެ ސަރުކާރު ދަމަހައްޓާ ބައެއްގެ ބްލެސިން ލިބިގެންނޫނީ މިވަރުގެ ހަރަކާތްތަކެއް ނުހުއްޓި ކުރިއަށްދާނެތޯއެވެ. ހޯމް މިނިސްޓަރ ނުލާހިދު ދެކޮޅުހައްދަވަހައްދަވައި އޮއްވައި އަދީބުގެނެސް ގެއަށް ލައިދެއްވީއެވެ. ޓްވީޓްގެ ލޭންގުއޭޖް އެނަލައިޒްކުރާނަމަ ދާދިއަވަހަށް އެމަނިކުފާނު ސަރުކާރުން އިސްތިއުފާދެއްވަފާނެއެވެ. އެކަންދެމިއޮންނާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަންކުރާ އެމްޑީޕީއަށް ލިބޭގޮތެއްގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...