އެމްއާރްއެމްއަށް ދެ އަންހެން ނައިބު ރައީސުން އައްޔަންކޮށްފި
މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ވަގުތީ ނައިބު ރައީސްކަމުގެ މަގާމަށް ދެ އަންހެންބޭފުޅަކު ހަމަޖައްސައިފިއެވެ.
މި މަގާމަށް މި ދެފަރާތް އައްޔަންކޮށްފައިވަނީ އިއްޔެ ރޭ ކުރިއަށްދިޔަ އެޕާޓީގެ ކައުންސިލްގެ ބައްދަލުވުމުންނެވެ. ވަގުތީ ނައިބު ރައީސާއިންގެ މަގާމަށް އައްޔަންކޮށްފައިވަނީ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނާއި، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސާ އައިމިނަތު ނާދިރާއެވެ.
މީގެ އިތުރުން ރޭގެ ބައްދަލުވުމުގައި ވަނީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުލްއަލީމް އައްޔަންކޮށްފައެވެ.
އެމްއާރްއެމްގެ ކައުންސިލްގައި ދެ ޖިންސަށް ހަމަހަމަކޮށް ޖާގަ ދެވިފައިވާއިރު، އެޕާޓީގެ ކޮންމެ ގުނަވަނެއްގެ 25އިންސައްތަ ޚާއްސަ ކުރެވިފައިވަނީ ޒުވާނުންނަށެވެ.
ފޮޓޯ: އަވަސް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް