ކުޑަކުދިންނަށް އެންމެ ބޮޑަށް އަނިޔާކުރީ ރައީސް މައުމޫންގެ ވެރިކަމުގައި: ޖާބިރު
ކުޑަކުދިންނަށް އެންމެ ބޮޑަށް އަނިޔާކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައިކަމަށް ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަކުދިންގެ އަދުލުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
ޖާބިރު ވިދާޅުވީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ސަގާފަތް އެންމެ ބޮޑަށް ފެންނަ އޮތީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައިކަމަށެވެ. އެގޮތުން ޖާބިރުގެ އުމުރުފުޅުން އެންމެ 16އަހަރުގައި އެބޭފުޅާ ރަށަކަށް އަރުވާލިކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
"މައުމޫންގެ ވެރިކަމުގައި ނޯވޭ އުމުރަށް ބެލުމެއް ވެސް. އޭރު ހުންނަނީ ފުލުސް ކޯޓު. އަޅުގަނޑު އުމުރުން 16 އަހަރުގައި ބޯޓަކަށް ލާފައި އަރުވާލި. އަޅުގަނޑަކަށް ނޭނގެ ބޯޓް ފުރިއިރު ވެސް މިދަނީ ކޮންތަނަކަށް ކަމެއް"، ޖާބިރު ވިދާޅުވިއެވެ.
އެވާހަކަފުޅު ދައްކަވަން ހިތަށްވެސް އުނދަގޫވާކަމަށް ޖާބިރު ވަނީ ބަޔާންކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް