މަރުހޫމް ޑރ.އަފްރާޝީމާއި ޑރ.މަޖީދަށް ޝަރަފުވެެރިކަމުގެ ގައުމީ އިނާމުދީފި
މަޝްހޫރު ދީނީ އިލްމުވެރިންކަމުގައިވާ އަލްމަރުހޫމް ޑރ.އަފްރާޝީމް އަލީއާއި އަލްމަރުހޫމް ޑރ.އަބްދުލްމަޖީދު އަބްދުލްބާރީއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފިއެވެ.
މިފަރާތްތަކަށް ޝަރަފުވެެރިކަމުގެ އިނާމު އަރުވާފައިވަނީ މިރޭ ކުރިއަށްދިޔަ ގައުމީ ދުވަހުގެ ރަސްމީ އިހްތިފާލުގައެވެ. މި ދެބޭފުޅުންގެ އިނާމާއިވެސް ހަވާލުވެވަަޑައިގެންފައިވަނީ އާއިލާގެ މެންބަރުންނެވެ.
އެގޮތުން ޝަަރަފުވެެރިކަމުގެ ގައުމީ އިނާމު އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއަށް ވަނީ އަރުވާފައެވެ. މި އިނާމާއި ހަވާލުވެ ވަޑައިގެންނެވީ މަރުހޫމް ޑރ.އަފްރާޝީމްގެ ބޭބޭފުޅު އަބްދުއްނާޞިރު އަލީއެވެ.
ޑރ.އަބްދުލްމަޖީދު އަބްދުލްބާރީއަށް ގައުމީ އިނާމު އެރުވިފައިވަނީވެސް ހަމަ މިދާއިރާއިންނެވެ. އެބޭފުޅާގެ އިނާމާއި ހަވާލުވެ ވަޑައިގެންނެވީ ދަރިކަލުން މުއާޒް އަބްދުލްމަޖީދެވެ.
މިދެބޭފުޅުންގެ އިތުރުން ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު، ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން އަލްފާޟިލް ސައްޔިދު ޢަލީ އަދި ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމުގެ ރޮނގުން އަލްމަރްޙޫމް ސައްޔިދު ޙަސަނަށް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވާފައެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް