ސުޕްރީމް ކޯޓާއި ދެކޮޅަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ޖޭއެސްސީއަށް ތާއިދުކޮށްފި
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރުމަށް ޖޭއެސްސީން ކުރަމުންދާ މަސައްކަތްތަކަށް ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ތާއިދުކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި ޖޭއެސްސީއަށް ހުށައެޅި މި ޕެޓިޝަންގައި ވަނީ ސަރުކާރުން ޖުޑިޝަރީ އިސްލާހުކުރަން ކުރާ މަސައްކަތަށް މަރުހަބާކިޔާާފައެވެ.
އެ ޖަމްއިއްޔާގެ ރައީސް އަދި ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ އިސްވެ ހުންނަވާ ހުށައެޅުއްވި މި ޕެޓިޝަންގައި ވަނީ ޖުޑިޝަރީ އިސްލާހު ކުރުމަށް ނިންމާ ނިންމުންތަކަށް ސުޕްރީމް ކޯޓުން ދެކޮޅު ހަދާތީ އެކަމާއި މެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ޕެޓިޝަންގައި އެ ޖަމްއިއްޔާގެ 193 ފަނޑިޔާރުންގެ ތެރެއިން 170 ފަނޑިޔާރެއްގެ ސޮއި ހިމެނެ އެވެ.
އެއީ އެ ޖަމްއިއްޔާގެ 88 އިންސައްތަ މެންބަރުންކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް