ޕީއެންސީގެ އިފްތިތާހީ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބާއްވަނީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ އިފްތިތާހީ ޖަލްސާ، އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.
ޕީއެންސީގެ އިފްތިތާހީ ޖަލްސާ ބޭއްވުމަށް ހަމަޖެހުނީ އެޕާޓީއަށް 3000 މެންބަރުން ހަމަވެ، ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމުންނެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ ދަރުބާރުގޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ޖަލްސާ ފެށޭނީ އެރޭ 8.30ގައެވެ.
ޕީއެންސީ އުފެދުމާއި އެކު ޕީޕީއެމްއަށް ވެގެންދާނެ ގޮތަކާއި މެދު ގިނަ ފަރާތްތަކުން ދަނީ ސުވާލުއުފައްދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް