ފަރެސްމާތޮޑާ ދާއިރާ އަށް ވާދަކުރައްވާ ޝަމީމް
ފަރެސްމާތޮޑާ ދާއިރާ އަށް ވާދަކުރައްވާ ޝަމީމް
ރިޕޯޓް 18 Apr 2024 | 02:58

ފަރެސްމާތޮޑާ ދާއިރާ އަށް ހަމައެކަނި ތަޞައްވުރެއް އޮތް ކެންޑިޑޭޓަކީ ޝަމީމް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، ތިމާ އެ ދާއިރާއަކަށް ނިސްބަތްވާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުން ދާއިރާ އާމެދު ކުރާ އުއްމީދާއި، އެ ކެންޑިޑޭޓަކު މެންބަރު ކަމަށް އިންތިޚާބު ވެއްޖެ ނަމަ ދާއިރާއަށް ގެންނާނެ ކުރިއެރުންތަކާއި، ދާއިރާގެ ކުރިމަގު އެ ކެންޑިޑޭޓަކު ކުރަހާލާފައިވާ ގޮތް، މިއީ ކޮންމެ މީހަކުވެސް ބަލާލަންޖެހޭ ކަމެކެވެ. ކުރުގޮތަކަށް ބުނާނަމަ، ތިމާގެ ދާއިރާއަށް ޚިޔާރުކުރާ ކެންޑިޑޭޓަކީ ދާއިރާއާމެދު ތަޞައްވުރެއް އޮތް ކެންޑިޑޭޓަކަށް ވާންޖެހެއެވެ. އަދި އެ ތަޞައްވުރަކީ ބުއްދި ގަބޫލުކުރާ ތަޞައްވުރަކަށް ވެސް ވާންޖެހެއެވެ.

އެގޮތުން، އާދިއްތަ ދުވަހު އޮންނަ އިންތިޚާބުގައި ފަރެސްމާތޮޑާ ދާއިރާގެ ރައްޔިތުން ވޯޓުލާންތިބި 5 ކެންޑިޑޭޓުންގެ ތެރެއިންވެސް އެންމެ ބިނާ ކުރުވަނިވި، އެންމެ ރިވެތިކޮށް ކުރަހާލެވިފައިވާ ތަޞައްވުރެއް އޮތް ކެންޑިޑޭޓަކަށް ފެންނަނީ  ކެންޑިޑޭޓް ނަންބަރު 1، ގދ. ފިޔޯރީ، ރިހިދޯދި، ޝަމީމް މުހައްމަދު އިސްމާޢީލެވެ. އެއީ އަންހެން ކަނބަލުންނާއި ފިރިހެނުން އަދި ކުދި ބޮޑު އެންމެންނަށްވެސް އުފާވެރިކަން ގެނުވާނެ ތަޞައްވުރެކެވެ.

ފަރެސްމާތޮޑާ ދާއިރާގެ ފަތުރުވެރިކަން އައު އުސްމިންތަކަށް

ޝަމީމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އައު މޫނެއް ނޫނެވެ. އެ ދާއިރާގައި މަސައްކަތް ކުރާތާ 22 އަހަރު ވެފައިވާއިރު، އޭނާއަކީ މިހާރު ދާއިރާގެ އެންމެ މަތީ ފަންތީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން، އޭނާގެ ތަޞައްވުރުގައި އޮތީ، ދާއިރާގެ ޒުވާނުންނާއި ފަތުރުވެރިކަމުގެ ދާއުރާއަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަން ފަހި ކޮށްދީ، އެ ދާއިރާއިން އެންމެ އުހަށް ފޯރުކޮށްދިނުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކޮށް، އަމިއްލަ ހައިސިއްޔަތުންވެސް ކުރެވޭނެ ކަންކަން ކުރުމަށެވެ.

އެގޮތުން ފަތުރުވެރިކަމާއި، އިގްތިޞާދީ ތަރައްގީއަށް ކައިރީގައިވާ ޖަޒީރާ ރަށްތައް ކުއްޔަށް ދިނުމަށް މަގުފަހިކޮށްދިނުމަށް އޭނަގެ ވިސްނުމުގައި ހުރި އިރު، އެކަމަށް ސަރުކާރަށް ބާރުއަޅުއްވާނެ ކަމަށް އޭނާ ބުނެއެވެ.

އަދި، ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ ހޯދުމަށްޓަކައި ރާޅާއެޅުންތެރިންނާއި، ސުކޫބާ ޑައިވަރުން ޝައުގުވެރިކުރުވުމަށް ޚާއްސަ އެންކަރޭޖް ޕޮއިންޓްތައް ތަރައްގީކުރުމަކީ ޝަމީމްގެ ތަޞައްވުރެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރަށަށް ވަންނަ އާމްދަނީ އިތުރުވެ، މުޅި ދާއިރާއަށް އިގްތިޞާދީ މަންފާ ކުރާނެއެވެ.

މިއާއެކު ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތްތައް ބާއްވަން ބޭނުންވާ ވަސީލަތްތައް ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދުމަކީ ޝަމީމްގެ ތަޞައްވުރަކަށްވާއިރު، އޭގެ ސަބަބުން ރަށަށް އަންނަ ފަތުރުވެރިން އިތުރުވެ، ޖުމްލަ ގޮތެއްގައި މުޅި ރަށަށް އޭގެ މަންފާ ކުރާނެ ކަމަށް އޭނާ ޔަގީންކުރެއެވެ.

ތަޢުލީމީ ހުނަރުވެރި ޖީލެއް ބިނާކޮށް އަންހެނުން ބާރުވެރި ކުރުވުން

ފަރެސްމާތޮޑާ ދާއިރާއަކީ ތަޢުލީމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ދާއިރާއަކަށްވާއިރު، ޝަމީމް ބޭނުންވަނީ ދަރިވަރުނަ ތަޢުލީމަށް ލޯބިޖައްސައި،  އިލްމު އުނގެނުމަށް ހިތްވަރުދީ، އެކަމަށް އެހީވުމަށެވެ. އެގޮތުން، ދާއުރާގެ ކޮންމެ ރަށަކުންވެސް އޯލެވެލްގައި އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރަކަށް ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއޮރު، ތަފާތު އެކި ދާއިރާތަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސްކޯލާޝިޕް ހޯދުމަށްވެސް އެހީވެދެއްވާނެ ކަމަށް ޝަމީމް ވިދާޅުވެއެވެ.

މިއާއެކު، ސިވިލް ސާވިސް، އަދި އަމިއްލަ ވަޱީފާތައް އަދާކުރާ ފަރާތްތަކުގެ ގާބިލްކަން އިތުރުކުރުމަށް ފުރިހަމަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައް ހިންގުމާއި، ކަސްޓަމާ ސާވިސް އަދި ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ އެކިކަހަލަ އެކި ކަހަލަ ޓްރެއިނިން ޕްރޮގްރާމްތައް ދާއިރާގެ ތަޖުރިބާކާރުންގެ އެހީގައި ހިންގުމަކީވެސް ޝަމީމްގެ އުއްމީދެކެވެ.

ޒުވާނުންނާއި ވަޒީފާތަކުގައި އުޅޭ ފަރާތްތަކުގެ ކުރިއެރުމަށްޓަކައި ރާވައި ހިންގާނެ  ހަރަކާތްތަކުގެ އިތުރުން، ދާއިރާގެ އަންހެނުން ބާރުވެރި ކުރުމަށްޓަކައި، މާލީ ވަސީލަތްތަކާއި، އަމިއްލަ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެހީވެ، ކަނބަލުން ގޭގައި ތިބެގެން ކުރެވޭނެ އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމަށްވެސް އެހީ ވެދިނުމަކީ ޝަމީމްގެ ތަޞައްވުރެކެވެ.

މިކަންކަމަކީ ޝަމީމްގެ ތަޞައްވުރުގައި ހިމެނޭ ކަންކަމުގެ ތެރެއިން ކުޑަ މިންވަރެކެވެ. އޭނާ އަމާޒުހިފާފައި ހުރީ، ފަރެސްމާތޮޑާ ދާއިރާގައި އަޅަން ސަރުކާރުން ވެފައިވާ މަސް ޕްރޮސެސިންގ ފެކްޓަރީ އަޅަން ސަރުކާރަށް ބާރު އަޅުއްވައި، ދެންވެސް ވެފައުވާ ވަޢުދުތައް ފުއްދުމަށް ސަރުކާރަށް ޕްރެޝަރު ކުރުމެވެ. އަދި ދާއިރާއަށް ގިނަ ގުނަ ތަރައްގީ ގެނެސްދިނުމަށެވެ.

ހަމައެހެންމެ، ދާއިރާގެ ރައްޔިތުންގެ ބޭނުންތަކާއި އުއްމީދުތައް ހާސިލް ކުރުމަށް މަގުފަހިކުރެވޭމެ ބިލްތަކާއި ސިޔާސަތުތައް އެކުލަވައިލުމުގައި މަޖިލިސް މެންބަރަށް އެހީވުމަށް އެޑްވައިޒަރީކޮމިޓީއެއް އެކުލަވައި ލުމަކީވެސް ޝަމީމްގެ ތަޞައްވުރެކެވެ. މިއީ ރައްޔޮތުންގެ ހާޖަތުތައް އެންމެ ގާތުން ބަލައި، އެކަންކަން ފުއްދުމަށް ފަސޭހަ އަދި ފައިދާ ކުރުވަނިވި މަގެއް ކަން ޔަގީނެވެ.

މީގެ އިތުރުންވެސް، ޝަމީމްގެ ތަޞައްވުރުގައި ދާއިރާގެ ރައްޔިތުން ދީނަށް ލޯބިކުރާ  ބަޔަކަށް ހަދައި، އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް، ކޮންމެ އަހަރަކުވެސް އެއް ފަހަރު ދާއިރާގެ ކޮންމެ ރަށަކުން އެކަކު އޭނާގެ ޚަރަދުގައި އުމްރާއަށް ފޮނުވުންވެސް ހިމަނުއްވާފައިވެއެވެ.

މިފަދަ އެތަކެއް ކަންކަން ހިމަނައިގެން ދާއިރާގެ މުސްތަގުބަލުގެ ކުރެހުން ޝަމީމްގެ ފަންސުރުން ކުރަހާލެވިފައިވާއިރު، އެހާ ފުރިހަމަ ކުރެހުމެއް އެ ދާއިރާއަށް ވާދަކުރައްވާ އެހެން އެއްވެސް ކެންޑިޑޭޓަކު ކުރަހާފައިވާތަން ފެންނާކަށް ނެތެވެ. އެހެން ކަމުން، ކުލަ ޖައްސައި ހަގީގަތަކަށް ހެދުމުގެ ފުރުސަތު ދިނުން އެންމެ ހައްގުކަން ބޮޑީ ހަމަ ޔަގީނުންވެސް ޝަމީމްގެ ކުރެހުމަށް ކަން ދާއިރާ ރައްޔިތުން ގަބޫލު ކުރާނެކަން ކަށަވަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރައްޔިތުންގެ މަޖިލީހަށް، ބިލިއަނަރު އެލަން މަސްކު ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ
11 Oct 2026 ހަބަރު

ރައްޔިތުންގެ މަޖިލީހަށް، ބިލިއަނަރު އެލަން މަސްކު ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބިލިއަނަރު އެލަން މަސްކުގެ ސްޓާލިންކް ކުންފުނިން ދޭ އިންޓަރނެޓް ލައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ. ސްޕޭސް އެކްސް އިން ހިންގާ ސްޓާ ލިންކުންދޭ ހައި ސްޕީޑް އި...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
07 Oct 2026 ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ. މަޖިލީހ...

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
06 Oct 2026 ހަބަރު

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހ...

ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެކޭ؛ މިހާރު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު: ޢިމްރާން
05 Oct 2026 ހަބަރު

ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެކޭ؛ މިހާރު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު: ޢިމްރާން

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތް...

އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
05 Oct 2026 ހަބަރު

އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ބޮޑު ސަރަހައްދެއް ދޫކޮށްލި އެއްބަސްވުމުގެ ތަފްސީލުތައް ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލައި, އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް މިއަދު ކުއްލި ...

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަނީ
01 Oct 2026 ހަބަރު

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަނީ

ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ. މަޖިލީހުން ޢާންމުކޮށްފައިވާ އެޖެންޑާއަށް ބަލާއިރު ތިންވަނަ ދައުރުގެ ފުރަތަ...