ފުުލުހުންނަށް އިންޒާރުދީ ސައިކަލަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އިންޒާރުދިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ރޭ ދަންވަރު 00:15ހާއިރު ކޯޓު އަމުރެއްގެ ދަށުން އދ.މަހިބަދޫއިން މީހަކު ހައްޔަރުކުރެވިފައިވާ ކަަމަށެވެ.
އެމީހާ އަކީ 25 އަހަރުގެ ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް