މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
ކ. މާފުށީ ގޮނޑުދޮށުގައި އެހެލައިފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހާމަ ކުރެއްވި ގޮތުގައި ކ. މާފުށީ ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވިމަކުގެ މައުލޫމާތު މާފުށި ފަޔަރ ސްޓޭޝަނަށް ލިބުނީ، މިއަދު މެންދުރު 12:34 ހާއިރުއެވެ.
އެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިޔާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންވަނީ، އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވާލާފައެވެ.
އެގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން 12:46 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.
އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، އެ ލޯންޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް