ސޮނެވާފުށި އީކޯ ސެންޓްރޯގައި ރޯވެއްޖެ
ސޮނެވާފުށި ރިސޯޓްގެ ކުނިމެނޭޖްކުރާ އީކޯ ސެންޓްރޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ބ.ކުންފުނަދޫގައި ހިންގާ މި ރިސޯޓްގެ ކުނި މެނޭޖްކުރާ ތަނުގައި ރޯވާން މެދުވެރިވި ސަބަބެއް ސިފައިން ހާމަކޮށްފައެއް ނުވެއެވެ. މި ތަނުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
ސޮނޭވާފުށީގެ އީކޯ ސެންޓްރޯއަކީ އެ ރަށުގައި އުފެދޭ ހުރިހާ ކުންޏެއް މެނޭޖުކުރުމުގެ މަސައްކަތްކުރާ ތަނެވެ
އެގޮތުން އެތަނުގައި ކުނި ރީސައިކަލްކުރުމާއި، ކޮމްޕޯސްޓް އުފެއްދުން ފަދަ ކަންކަން ކުރާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް