ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު މާލޭގެ ގޯޅިތަކެއް ބަންދުކުރަނީ
މާލެއަކީ އެންމެންނަށް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަގުސަދުގައި މިމަހުން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު މާލޭގެ ބައެއް ގޯޅިތައް ބަންދުކުރުމަށް ހައުސިންގް މިނިސްްޓްރީން ނިންމައިފިއެވެ.
މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި މިގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ މިމަހު 12އިން ފެށިގެން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނެވެ.
އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުން 13ގޯޅިއެއް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ބަންދު ކުރަން ނިންމާފައިވާ 13 މަގަކީ , ދޭލިޔާ ހިންގުން , މޫނިމާ ހިންގުން , ސިޓީ ޕާކުގެ ދެކުނަށް އޮތް ގޯޅި , ޑެއިޒީ މަގު , ދެވީނާ މަގު , ވައިދެރި ހިންގުން , ބެންތެޔޮ ގޯޅި , އަސުރުމާ ގޯޅި , ފަޑިޔާރު މަގު , ކާނޭޝަން މަގު , ކުޅި ދޮށު މަގު , ހިލާލީ މަގު , މަޖީދީ މަގެވެ.
މާލޭގެ ބައެއް ސަރަހައްދުތައް މިގޮތަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިކަމާއި ގުޅިގެން މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުން ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ 12 ޖެނުއަރީ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ހެނދުނު 6:30 އިން 10:30 އަށް މާލޭގެ 13 ގޯޅިއެއް އާންމުންނަށް ބޭނުންކުރެވޭނެހެން ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް