ޒިޔާރަތް މިސްކިތުގައި ހުކުރަށް ހުއްޓާ ވެއްޓުނު މީހާ ނިޔާވެއްޖެ
މާލޭގެ ޒިޔާރަތް މިސްކިތުގައި ހުުކުރު ނަމާދު ނިމުނުތަނާހެން ހޭނެތިގެން ވެއްޓުނު މީހާ، އައިޖީއެމްއެޗްގައި ނިޔާވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އެމީހާ ނިޔާވެފައިވަނީ އޭނާގެ ޓެސްޓްތަކެއް ހަދަމުން ދަނިކޮށްކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މި މީހާ މިއަދު ހުުކުރު ނަމާދު ވަގުުތުގައި ވެއްޓުމާއި އެކު އެތަނުގައި ހުންނެވި ނައިބު ރައީސް ފައިސަލް ނަސީމާއި، އެމަނިކުފާނުގެ ސެކިއުރިޓީން ވަނީ އެމީހާއަށް އެހީވެފައެވެ.
އެގޮތުން ނައިބު ރައީސް ފައިސަލްގެ އިރުޝާދުގެ މަތިން އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ވަނީ އެފަރާތްތަކުގެ ކާރެއްގައި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ނައިބު ރައީސްގެ މި އަމަލަށް ގިނަބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް