ހައިލަމަށް ދެ ލައްކަ ރުފިޔާ ދިންކަމަށް އަލްހާން އެއްބަސްވެއްޖެ
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް ދެ ލައްކަ ރުފިޔާ ދެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެއްބަސްވެ ވަޑައިގެންފިއެވެ.
އަލްހާން މިފަަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ހައިލަމާއި އަލްހާންއާއި ދެމެދު ދެ ލައްކަ ރުފިޔާގެ މުއާމަލާތެއް ހިނގާފައިވާކަމަށް ބުނެ ޖޭއެސްސީން ދީފައިވާ މައުލޫމާތު ޓްވީޓްކުރައްވަމުން އަލްހާާން ވިދާޅުވީ "ހައިލަމްއަށް އަޅުގަނޑު ދެ ލައްކަ ރުފިޔާ ދިނިން" މިފަދައިންނެވެ.
އަލްހާން އިތުރަށްވަނީ ދިނިއްޔާ ކުރެވޭނީ ކީއްތޯ ސުވާލު އުފައްދައި، އެ ފައިސާ އަދިވެސް ދޭނެކަމަށް ވިދާޅުވެފައެވެ.
ޖޭއެސްސީން ބުނިގޮތުގައި ހައިލަމާއި އަލްހާންއާއި ދެމެދު ދެ ލައްކަ ރުފިޔާގެ މުއާމަލާތެއް ހިނގާފައިވަނީ މިއަހަރުގެ މެއި މަހުގެ 19ވަނަ ދުވަހުގައެވެ. މި މުއާމަލާތުގެ ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައި ނުވާނަމަވެސް މި މައްސަލަ އެ ކޮމިޝަނަށް ފުލުހުން އިއްޔެ އެންގުމުން، އެ މައްސަލައަކީ ސީރިއަސް މައްސަލައެއްކަމުން އެ މައްސަލަ ތަހުގީގުކުރުމަށް ވަނީ ނިންމާާފައެވެ.
މި މައްސަލަ އެމްއެމްއޭއިން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ 25ޖުލައިގައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި މި މައުލޫމާތު ޖޭއެސްސީއާއި ހިއްސާކޮށްފައި ނުވާތީއާއި، އެ މައްސަލައިގައި އެކަށީގެންވާ ފިޔަވަޅެއް ފުލުހުން އަޅާފައިނުވާކަމަށް ގަބޫލުކުރެވޭތީ އެކަން ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހާއި، ރައީސުލްޖުމްހޫރިއްޔާ އާއި އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންެގެ ކިބައިން އެދުމަށްވެސް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް