އުރީދޫ ފަން ރަން އޮންނާތީ ހުޅުމާލޭގެ ޓްރެފިކަށް ބަދަލުތަކެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 'އުރީދޫ ފަން ރަން 2025' އާ ގުޅިގެން، އިވެންޓް ކުރިއަށްދާ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
އުރީދޫ ފަން ރަންގެ އިވެންޓުތައް ފެށިގެންދާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ކުޑަކުދިންގެ ޚާއްސަ ހަވީރަކުންނެވެ.
ފުލުހުން ބުނީ، މި އިވެންޓް ބާއްވާތީ މިއަދު ހަވީރު 15:30 އިން އިވެންޓް ނިމެންދެން ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން ބައެއް މަގުތައް ބަންދުކޮށް އަނެއްބައި މަގުތައް ވަންވޭ އަށް ބަދަލު ކުރާނެ ކަމަށް ބުނެފައިވެއެވެ.
ފުލުހުން ވަނީ ބަންދު ކުރާނެ މަގުތަކާއި ވަންވޭއަށް ބަދަލުކުރާ މަގުތައްވެސް ހާމަކޮށްފައެވެ.
އުރީދޫ ފަން ރަން އަކީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް