އަގުތަކަށް ބަދަލެއް ނުގެންނަން. ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފިން: މޯލްޑިވިއަން
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މޯލްޑިވިއަނުން ދަތުރުކުރާ އެއްވެސް މަންޒިލެއްގެ އަގުތަކަށް ބަދަލު ނުގެންނަ ކަމަށާއި، ބުކިން ސިސްޓަމުން އަގުތައް ބަދަލުވިކަމަށް މިއަދު ދައްކާފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، އޮންލައިނުކޮށް ޓިކެޓް ނަގާއިރު އަގުތައް ބަދަލުވެފައި ހުރިކަމަށް ދެއްކީ ޓެކްނިކަލް މައްސަލައަކުން ކަމަށާއި، ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށެވެ. މޯލްޑިވިއަންގެ އޮންލައިން ޓިކެޓިން ޕްލެޓްފޯމަށް ދިމާވި މައްސަލައަކާ ގުޅިގެން އެ އެއާލައިނުން ވަނީ ގުޅައިގެން ޓިކެޓް ނެގުމަށް އެދިފައެވެ.
މޯލްޑިވިއަންގެ އޮންލައިން ޓިކެޓް ޕްލެޓްފޯމަށް ދިމާވި ޓެކްނިކަލް މައްސަލައިގެ ސަބަބުން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ އަގުތައް ބޮޑުވެފައި ހުރިކަމަށް ވަނީ ދައްކާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް