ޕީޕީއެމްގެ ލީޑަރޝިޕްގައި ޣައްސާން އިންނަވަން ނިޙާން ދެކޮޅު!
ޕީޕީއެމްގެ ލީޑަރޝިޕްގައި ތ.ގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރ އަހުމަދު ޣައްސާން މައުމޫން އިންނެވުމާއި މެދު ރޭ މަގާމުން ވަކިވެވަަޑައިގެންނެވި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު، ދެކޮޅު ހައްދަވައިފިއެވެ.
ނިހާން މި މޭރުމުން އިޝާރާތްކުރައްވާފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ ކަމަށް ޣައްސާން ގެނައުން ރަނގަޅުވާނެކަމަށް ބުނެ، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރ ޒާހިދު ރަމީޒް ކުރެއްވި ޓްވީޓަށް ޖަވާބުދެއްވަމުން ނިހާން ވިދާޅުވީ ޣައްސާން ކަމަކު ނުދާނެކަމަށެވެ.
ނިހާނަށް ޣައްސާން ޕީީޕީއެމްގެ ލީޑަރޝިޕްގައި އިންނަވަން ކަމުނުދާ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ ކުރެއްވި ޓްވީޓްތަކެއްގައި ނިހާން ވަނީ ޕީޕީއެމްގެ ލީޑަރޝިޕްގެ އިސްތިއުފާއަށްވެސް ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް