ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ހަބަރު 19 Dec 2024 | 17:06

އަލިފާނުގެ ހާދިސާ އާއި އެޗްޑީސީ މައްސަލައާ، އަދި ގުޅުވޭކަށެއްނެތް: ފުލުހުން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ހައުސިން މިނިސްޓްރީ އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާއި އެޗްޑީސީން އުސޫލްތަކާ ހިލާފަށް ގޯތިދިން މައްސަލައާ އަދި ގުޅުވެން ނެތްކަމަށް ފުލުހުން ބުނެފިއެވެ.

ބިންވެރިޔާ ސްކީމްގައި ހިމެނޭ ގޯތިތަކުން އުސޫލާ ހިލާފަށް އެޗްޑީސީން ގޯތިތަކެއް ދޫކުރި މައްސަލާގައި ފުލުހުން ކުރަމުންގެންދާ ތަހުގީގާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، އެޗްޑީސީ މައްސަލަ އާއި އަލިފާނުގެ ހާދިސާއާ ގުޅުމެއްވާކަން މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށެވެ. އުސޫލާ ހިލާފަށް ގޯތި ދިން މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާއިރު، އޭނާ ވިދާޅުވީ ތަހުގީގު މިހާހިސާބަށް ކުރިއަށްދިޔައިރު، އެޗްޑީސީގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާކަމަށެވެ. މިގޮތުން މިހާތަނަށް ކުރަމުންދިޔަ މަސައްކަތުގައި އެއްވެސް ޑޮކިޔުމަންޓެއް ނުލިބޭނޭ ކަމަށް ބުނެފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި އެޗްޑީސީން ހެކި ނައްތާލުމަށް މަސައްކަތްކުރިކަންވެސް އަދި މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށެވެ. މި މައްސަލަ މިހާތަނަށް ތަހުގީގުކުރިއިރު، ބައެއް ކަންކަން ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން ވަނީ މި މައްސަލާގައި މިހާތަނަށް 6 ފަރާތަކާ ސުވާލުކޮށްފައެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް މައުލޫމާތުދެއްވަނީ.

މިގޮތުން ބިންވެރިޔާ ސްކީމުން ޝަރުތު ހަމަނުވާއިރުވެސް ބިން ނުލިބިގެން ޝަކުވާކުރުމުން ބައެއް ފަރާތްތަކަށް ގޯތި ލިބިފައިވާކަމަށާއި، އެޕާޓްމަންޓަށް އެދުނު ފަރާތްތަކަށްވެސް ގޯތި ލިބިފައިވާކަން ފާހަގަކުރެވިފައިވާކަން ޝަރީފް ވިދާޅުވިއެވެ. އަދި އެފަރާތްތަކާ ސުވާލުކުރުމުން މިކަންކަން ހިނގާފައިވަނީ ކުރީ ސަރުކާރުގެ ދުވަސްވަރުކަން ފާހަގަކުރެވިފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މިހާތަނަށް މައްސަލަ ހުރިކަން ފާހަގަކުރެވިފައިވަނީ 3 ލޮޓެއްގައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ތެރެއިން ބައެއް ގެވަޅުތައް، އެޗްޑީސީން އުސޫލާ ހިލާފަށް ދޫކުރި މައްސަލައެއް ފެންމަތިވެ، އެކުންފުނީގެ ޗެއާމަން ފިޔަވައި ޑިރެކްޓަރުންގެ މުޅި ބޯޑް ވަނީ ސަސްޕެންޑްކޮށްފައެވެ. މި މައްސަލާގައި އެޗްޑީސީގެ އޮޑިޓަރުން ވަނީ މިވަގުތައް އެކުންފުނީގެ އެއްވެސް މާލީ މުއާމަލާތެއް ނުކުރުމަށްވެސް އަންގާފައެވެ.

މި މައްސަލާގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެއަށް އުސޫލާ ހިލާފަށް އަސްލެއްނެތް ލިޔުންތަކެއް ބޭނުންކޮށްގެން ގެވަޅެއް ދީފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި ކަމާގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ، އުސޫލާ ހިލާފަށް އެޗްޑީސީން އެއްވެސް ފަރާތަކަށް ބިން ދޫކޮށްފައި ނުވާނޭކަމަށާއި، އެކަން ކުރެވޭނީ ހައުސިން މިނިސްޓްރީއަށްކަމަށެވެ.

މި މައެްސަލާގައި އެޗްޑީސީގެ ސީނިއާ 3 މުއައްޒަފަކުވެސް މިއަދު ވަނީ ސަސްޕެންޑްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...