ޝާހިދަށް މޮރޮކޯއިން ލިބިލެއްވި ކާޕެޓްގެ ފޮޓޯއެއް އާންމުކޮށްފި
ދާދިފަހުން އެންެމެ ގަދަޔަށް އިވެމުންދިޔަ ވާހަކައަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ކާޕެޓެއްގެ ވާހަކައެވެ. މި ވާހަކަ މީޑިޔާގެ ފަލަ ސުރުޚީތަކަށް އަރައި އޭސީސީއާއި ހިސާބަށްވެސް ދިޔައީއެވެ.
އެއީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ ބޮޑުވަޒީރު ހަދިޔާއެއްގެ ގޮތަށް ދެއްވި ކާޕެޓެއް، ގެއަށް ގެންެދެވިކަމަށް ބުނާ މައްސަލައެވެ. މި މައްސަލަ އޭސީސީން ތަހުގީގުކުރަން ފެށުމާއި އެކު ފޮރިން މިނިސްޓްރީން ވަނީ އެކާޕެޓް އޮތީ މިނިސްޓްރީގެ ގުދަނުގައި ކަަމަށް ބުނެފައެވެ.
މި ކާޕެޓްގެ ވާހަކަ ގަދަވެފައި ވަނިކޮށް، މި ކާާޕެޓް އެ މިނިސްޓްރީގެ ގުދަނުގެ ތެރޭގައި އޮތް ފޮޓޯއެއް ވަނީ އާންމުވެފައެވެ.
ބައްދަލުވުމަކަށް ފޮރިން މިނިސްޓްރީއަށް ވަޑައިގަތުމަށްފަހު އިންފޮރމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒު މޫސާ ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓަރގެ ގެއަށް ގެންދެވިކަމަށް ތުހުމަތުކުރެވޭ ކާޕެޓް އޮތްތޯ ބެލިއިރު، އެ އޮފީހުގެ ގުދަނުގައި އެބަ އޮތްކަމަށެވެ.
މި ޓްވީޓާއި އެކު ކާޕެޓްގެ ފޮޓޯއެއް އާންމުކުރެއްވި އިރު، ރަތްކުލައިގެ މި ކާޕެޓްގެ ބޭރު ކަވަރު އޮތީ ނައްޓާލާފައެވެ. މިއީ މޮރޮކޯއިން ދިން ކާޕެޓްކަމަށް ފިޔާާޒު ވިދާޅުވިިއިރު، އެއީ އެހެން ކާޕެޓަކަށް ވެދާނެކަމަށްބުނެ، އެ ބޭފުޅާއަށް ބައެއް ފަރާތްތަކުން ދަނީ ރައްދު ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް