އާރުޑީސީގެ ވެރިންގެ ޓީމެއް ހއ.ދިއްދޫއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޓީމެއް ހއ ދިއްދޫއަށް މިއަދު ޒިޔާަރތްކޮށްފިއެވެ.
އާރުޑީސީގެ ޓީމް ދިއްދޫއަށް މި ކުރި ޒިޔާރަތަކީ އެރަށުގައި ކުރިއަށްދާ އެކުންފުނީގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލާލުމަށް ކުރި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި އާރުޑީސީގެ ޓީމްގައި އިސްކޮށް ހުންނެވީ ޗެއާމަން މުހައްމަދު ޝާމީ އާދަމްގެ އިތުރުން ބައެއް ސެކްޝަންތަކުގެ ވެރިންނެވެ. އާރުޑީސީގެ އިސްވެރިން ކުރައްވާ ދަތުރުފުޅުގައި މިއަދުވަނީ ހއ. ދިއްދޫއަށް ވަޑައިގެން ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލު ކުރައްވާ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.
އާރުޑީސީން ދިއްދޫގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި މަގުހެދުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް