ރައީސް ޑރ.މުއިއްޒު، ކަމަދޫގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބ.އަތޮޅު ކަމަދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް މިއަދު ފައްޓަވައިދެއްވައިފިއެވެ.
ކަމަދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވާފައިމިވަނީ ރައީސް ޑރ.މުއިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭތިއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންނަގާފައެވެ. އަދި ރައީސް ވަނީ ހަނދާނީ ކެޝް ކާޑް އެރަށު ކައުންސިލަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފާއި ބައެއް ބަޒީރުންގެ އިތުރުން ކަމަދޫ ކައުންސިލާއި ރައްޔިތުން ބައިވެރިވިއެވެ.
މިއަދު ކަމަދޫގައި އޭޓީއެމްގެ ހިދުމަތް ފެށިގެން ދިޔައިރު މިއީ ބީއެމްއެލުން އޭޓީއެމް ގާއިމްކުރި38 ވަނަ ރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް