ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެނެވުނީ ޔާމީން ބޭނުންފުޅުވެގެނެއްނޫން: ޕީޕީއެމް
ބަންދުގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭސްފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސްފިއެވެ.
މިކަން ވަނީ ޕީޕީއެމްގެ އިސް އޮފިޝަލަކު ވޮއިސްއަށް ޔަގީންކޮށްދީފައެވެ.
ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެނެވެނީ ރެގިއުލާ ޗެކަޕްއަކަށްކަމަށް ޕީޕީއެމް އިން މައުލޫމާތު ދެއްވައެވެ. ނަމަވެސް މިއީ ރައީސް ޔާމީން ރިކުއެސްޓް ކޮށްގެން ކުރެވޭ ޗެކަޕެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން މިއަދު ހޮސްޕިޓަލަށް ގެނެވުނީ ޔާމީނަށް އެނގިވަޑައިނުގެންކަން އަބްދުރަހީމް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ އައިޖީއެމްއެޗްގެ ކާޑިއަކް ސެންޓަރގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް