ސިފައިންވެސް ހަތިޔާރާއި އެކު މާލޭގެ މަގުމައްޗަށް!
މާލޭގެ މަގުމަތީގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރި ވަމުންދަނީ އޮޕަރޭޝަނެއްގެ ދަށުންކަމަށެވެ. މި އޮޕަރޭޝަންގެ ތަފްސީލެއް ސިފައިން ހާމަކޮށްފައެއް ނުވެއެވެ.
ސިފައިން މި އޮޕަރޭޝަންް ކުރިއަށްގެންދާއިރު، ފުލުހުންވެސް ދަނީ މަރުތަކާއި ބެހޭ މީހުންގެ މައްސަަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ފަރާތުން އެދިގެން މާލެއާއި އައްޑޫ ސިޓީގައި އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
މި އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ފުލުހުން ބައިވެރިވެއެވެ.
މި އޮޕަރޭޝަން ކުރިއަށް ދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާންމު ސަލާމަތީ ކަންކަން ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވާނެކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް