ގ. މިތުރުގޭގައިވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގ. މިތުރުގޭގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިއަދު ހިނގި ހާދިސާގައި އަލިފާން ރޯފި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިކަމާ ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އެ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްކޮށް ނިއްވާލާފައިވާކަމަށެވެ.
މި ހާދިސާގައި އެޕާޓްމަންޓްތެރޭގައި ހުރި ތަކެތި ބޭނުން ނުކުރެވޭވަރަށް ވަނީ އަނދައިގެން ގޮސްފައެވެ. އެ ގޭގައި ޖުމްލަ ހަތަރު މީހުން ދިރިއުޅެމުން އަންނަކަމަށް ޑިޒާސްޓާއިން ބުންޏެވެ. މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ޑިޒާސްޓާއިން ބުންޏެވެ.
ގ. މިތުރުގޭގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެއެވެ. އަދި މީހަކަށް ގެއްލުމެއް ލިބުނުކަމެއްވެސް އަދި ސާފެއް ނުވެއެވެ. މިއަދު ހެނދުނު މާފަންނު ޖާޔާ ކުޗަން ކައިރީ ހުންނަ އިމާރާތެއްގައިވެސް ވަނީ ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި ހިނގަމުން އަންނަ އަލިފާނުގެ ހާދިސާތައް އިތުރުވެފައިވާކަން ފާަހގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް